ފަރެހުގައި ހަދާ ރިސޯޓް އަންނަ އަހަރު ހުޅުވާނެ

ijk.jpg

ބ.ފަރެހުގައި، ތައިލެންޑުގެ އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އިން ތަރައްގިކުރާ ރިސޯޓު އަންނަ އަހަރު މެދު ތެރޭގައި ހުޅުވަން އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއި 70 މިލިއަން ޑޮލަރު ހަރަދުކޮށްފެން ފަރެހުގައި  ތަރައްގި ކުރާ ރިސޯޓެކެވެ. މި ރިސޯޓުގައި  176 ކޮޓަރީގެ މި ރިސޯޓުގައި ސްޓޫޑިއޯ، ބީޗު ވިލާ އަދި އޯވަ ވޯޓަ ވިލާތައް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، އަވާނީ ސްޕާއެއްގެ އިތުރުން ބޮޑު ސްވިމިން ޕޫލެއް ވެސް ރިސޯޓްގައި ހަދާނެ އެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އަކީ ރާއްޖޭގައި ހިންގާ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑް ގެ ވެސް މައި ކުންފުނި ކަމަށްވާ ތައިލޭންޑުގެ މައިނާ ހޮޓެލްސްގެ ބުރޭންޑެކެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ ރާއްޖޭގައި އަނަންތާރާ ބްރޭންޑްގެ ތިން ރިސޯޓު ހިންގަމުންނެވެ.

މި ކުންފުނިން ރާއްޖޭގައި އެންމެ ފަހުން ހުޅުވި ރިސޯޓަކީ މި މަހުގެ 4 ގައި ހުޅުވި އޮޅުވެލި ފަޅުތެރޭގައި ތަރައްގީކޮށްފައިވާ ޓީޔޫއައި ބުލޫ އޮޅުވެލި ރޮމޭންސް ރިސޯޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top