38 އަހަރު ވަންދެން ބަނޑުގައި ގައުވެފައި އޮތް ދަރިފުޅު ނަގައިފި

Zahra-Aboutalib-baby.png

38 އަހަރު ވަންދެން އިންޑިއާ އަންހެނެއްގެ ބަނޑުގައި ގައުވެފައި އޮތް ދަރިއެއް ނަގައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން، އިންޑިޔާގެ މަދްޔަ ޕްރަދޭޝް އަށް އުފަން ޖިޔޯތީ ކުމާރު ނަމަކަށް ކިޔާ މި އަންހެން މީހާގެ ރަހިމުން ބޭރުގައި ދަރިފުޅު އަށަގަނެ، ދަރިފުޅު ގައު ވުމުގެ ސަބަބުން ޑޮކްޓަރުންނަށް ދަރިފުޅު ނެގިފައިވަނީ އޭނާ ބަލިވެ އިންތާ 38 އަހަރު ފަހުންނެވެ.

މިހާރު އުމުރުން 62 އަހަރުގެ ޖިޔޯތީ 1978 ގައި ބަލިވެއިން އިރު އޭނާގެ އުމުރުން 24 އަހަރެވެ. އޭނާގެ ދަރިފުޅު އުފެދިފައިވަނީ ރަހިމުން ބޭރުގައި ކަމުން އެދަރިފުޅު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކުޑަކަމަށް ޑޮކްޓަރުން ބުނުމުން، އެކަމާ ބިރުން ޖިޔޯތީ ވަނީ ގެއިން ނުކުމެގެން ގޮސްފައެވެ. ޖިޔޯތީގެ ބަނޑުގައި އޮތް ދަރިފުޅު މަރުވިކަން އޭނާއަށް އެނގުނު ކަމަށާއި އަދި ބަނޑައް ތަދުވުމުން ފަރުވާކުރީ ކުޑަ ކުލިނިކަކުން ކަމަށް އޭނާގެ ބޭބެ ވަނީ ކިޔާދީފައެވެ.

މި ކުލިނިކުން ފަރުވާ ކުރަތާ މަސްތަކެއް ވުމަށްފަހު ޖިޔޯތީގެ ބަނޑުގެ ރިހުން ކެނޑުމުން، އޭނާ ގަބޫލުކުރީ އެމައްސަލަ ހައްލުވީ ކަމަށެވެ. ނަމަވެސް އޭގެ 38 އަހަރު ފަހުން، އަނެއްކާވެސް އޭނާގެ ބަނޑުގައި ރިއްސަން ފެށުމުން، އިންޑިޔާގެ ނާގްޕޫރުގެ އެންކޭޕީ މެޑިކަލް އިންސްޓިޓިއުޓުން އޭނާ ވަނީ ފަރުވާހޯދާ ބަނޑުގައި ގައުވެފައި އޮތް ދަރުފުޅު، އޮޕަރޭޝަން ކޮށްގެން ނަގާފައެވެ.

ޖިޔޯތީގެ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމުގެ ފަރާތުން ވާހަކަ ދެއްކި ޑޮކްޓަރު މުހައްމަދު ޔޫނުސް ޝާހް ވިދާޅުވީ އެމީހުންނަށްވެސް ޖިޔޯތީގެ ރަހިމުގައި ވަނީ ގައުވެފައިވާ ކުއްޖެއް ކަން އެނގުނީ އެމްއާރްއައި ސްކޭން ހެދިފަހުން ކަމަށެވެ.

މީގެ ކުރިންވެސް ބެލްޖިއަމްގެ އަންހެނެއްގެ ރަހިމުން ބޭރުގައި ދަރިފުޅު އަށަގަނެ 18 އަހަރު ވަންދެން އޮތް ކަމަށް ރެކޯޑްތައް ދައްކާ ކަމަށާއި، އެހެންނަމަވެސް، މިއީ މިގޮތަށް އެންމެ ގިނަ ދުވަސް ވަންދެން މަރުވެފައި ވާ ކުއްޖަކު އަންހެނެއްގެ ހަށިގަނޑުގައި އޮތް ފަހަރު ކަމަށް ޔޫނުސް މަޢުލޫމާތު ދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top