ދާއިރާ ތަރައްޤީކުރުމަށް ސަލީމަށް ވޯޓްދޭންޖެހޭ – ނާއިބުރައީސް

jameel.jpg

ދާއިރާ ތަރައްޤީކުރުމަށް އޭދަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ކާމިޔާބުކޮށްދިނުމަށް ކޮންމެހެންވެސް މަސައްކަތްކުރަން ޖެހޭކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން އޭދަފުށީ ދާއިރާ އަށް ވާދަކުރައްވާ އަހްމަދު ސަލީމުގެ ކެމްޕޭން ލޯންޗް ކުރުމަށް އޭދަފުށީ މަލްޓިޕާޕަސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޑރޖަމީލު ވިދާޅުވީ ރައްޔިތުންގެ އަޑު އެމަނިކުފާނާ ހަމައަށް އިއްވެވުމުގައި ސަލީމަށްވުރެ ވަކި ކައިރިއެހެން އެއްވެސް ބޭފުޅެއް މަޖިލީހުގައި ނުހުންނަވާނެ ކަމަށެވެ. އަދި ސަލީމަކީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ އެންމެ ވަރުގަދަ އެއް ލީޑަރުގެ ގޮތުގައިވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން މިދާއިރާ ތަރައްޤީކުރެވޭނެ އެހެން ކެންޑިޑޭޓަކު މިފަހަރު ފެންނަން ނެތްކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
“އެހެންވީމާ ތިޔަބޭފުޅުން ސަލީމުގެ އަތުގައި ހިއްޕަވައިފި ކަމުގައިވާނަމަ، މިރަށުގެ ބިން ހިއްކުމާއި، ސާފު ބޯފެން ލިބުމަށާއި ބަނދަރު ބޭރު ތޮށި ހެދުމަށާއި އަދި ފަތުރުވެރިކަމުގެ ސިނާއަތު އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި އިތުރަށް ފުޅާކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދޭނެކަމުގެ ޔަގީންކަންދެން،”
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ކަންތައްތަކުގައި އެކި މީހުން ތަފާތު ވާހަކަދައްކާނެ ކަމަށެވެ. އެހެން ނަމަވެސް، ހުރިހާ ފަރާތްތަކުން ވެސް ސުލްހަ އަށް ޖާގަ ދޭން ޖެހޭ ކަމަށާ ސުލްހަވެރި މުޖްތަމައުއެއް ބިނާކުރުމަށް ޕީޕީއެމް ކޯލިޝަނަށް ވޯޓް ދެއްވަން ޖެހޭކަމަށެވެ.
މިޖަލްސާގައި ވާހަކަދައްކަވަމުން އަހްމަދު ސަލީމް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް މަގުފަހިވާނީ ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓްދީގެން ކަމަށެވެ. އަދި ވިދާޅުވީ އޭދަފުށީ ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުން މި ސަރުކާރުގެ ޕްލޭންގެ ތެރޭގައި ހިމެނިފައި އެބައޮތް ކަމަށާއި ނަމަވެސް އެ މަޝްރޫއު ތަންކޮޅެއް ލަސްވާތީއާއެކު އެންމެ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް އިރުމަތީ ކޮޅުގައި އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ސަލީމްގެ ކެންޕޭން ލޯންޗް ކުރުމަށް ރޭ މަލްޓިޕާޕަސް ހޯލްގައި ބޭއްވި ޖަލްސާއަށް ވަރަށްގިނަ ބަޔަކު ހާޒިރުވިއެވެ. ހޯލް ފުރިގެން ބައެއް މީހުން ހޯލުން ބޭރުގައި ތިބި މިޖަލްސާއަށް މާޅޮހުންވެސް ސަޕޯޓަރުން އައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top