ތިމާވެށީގެ މަޝްވަރާ ވޯކްޝޮޕެއް ބ.ދިގުފަރުގައި

big_WvbLgWJ3prEN8lPf5cqnhFslz.jpg

ވޯކްޝޮޕް ފެށުމުގެ ގޮތުން ކުރީގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ --ފޮޓޯ :އަވަސް

ޖަޒީރާ ގައުމުތަކަށް ދިމާވާ ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުކާ ދެކޮޅަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި އެކަމުން ކުދި ގައުމުތަކަށްކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ވޯކްޝޮޕެއް ބ.ދިގުފަރު ރިސޯޓުގައި ފަށައިފިއެވެ.

”ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމަސީ އެންޑް ޖިއޯޕޮލިޓިކްސް”ގެ ނަމުގައި ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕަކީ ކުރީގެ ރައީސް ރައީސް ނަޝީދުގެ އޮފީހާއި ބޭރުގެ ބައެއް ޔުނިވަސިޓީތަކާއި، ބައެއް ޖަމްޢިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

ވޯކްޝޮޕް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމަކަށް ކުރިމަތިވަމުންދާ މައްސަލަތަކަކީ ވާހަކަދައްކައިގެން އެކަނި ފުއްދާލެވޭނެ ކަމެއް ނޫންކަމަށާ މިކަން ހައްލު ކުރުމަށް ކުރާ މަސައްކަތުގައި އިތުރު ގޮތްތަކެއް ހޯދަން ޖެހިފައިވާކަމުގައެވެ.

އިތުރަށް ވިދާޅުވީ، މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެންނައުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމު މަސައްކަތް ކުރެއްވިއިރު، އަދާ ކުރެއްވީ ނޫސްވެރިއެއްގެ ދައުރުކަމަށާއި އެއާއެކު ތިމާވެއްޓާއި ގުޅޭގޮތުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ދަސްވި ތަކެތީގެ ބޭނުން ހިފައިގެން ތިމާވެއްޓާގުޅޭ ގިނަ ލިޔުންތަކެއް ތައްޔާރުކުރައްވާފައި ވާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top