ބ.އަތޮޅު ތައުލީމީމަރުކަޒުގައި 4ބުރީގެ އިމާރާތެއްއެޅުމަށް ބަޔަކާހަވާލުކޮށްފި

12622049_721172517982597_7192876572860762893_o-1024x683.jpg

މަސައްކަތް ހަވާލުކުރުމަށް މިއަދު އޮތް ރަސްމިއްޔާތު

ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ބ.އަތޮޅު ތައުލީމީ މަރުކަޒުގައ4 ބުރީގެ އިމާރާތެއް އެޅުމަށް މާރިސް ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފިއެވެ.

މަސައްކަތް ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އޮތް ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވީ މި ޕްރޮޖެކްޓަކީ ވޯލްޑްބޭންކާއި ދިވެހިސަރުކާރާއި ގުޅިގެން ހިންގާ “އެންހޭންސް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ގެ ދަށުން އިމާރާތްކުރެވޭ ތަނެއްކަމުގައެވެ. އިމާރާތް ނިމޭއިރު މި ތަނުގައި 12 ކްލާސްރޫމް އިތުރުވާނެކަމަށާއި އޭދަފުށީގައި މިފަދަ އިމާރާތެއް އެޅުމުގެ އެންމެ މުހިންމު ބޭނުމަކީ އެސްކޫލަކީ ރަށުން ބޭރުން ގިނަ ކުދިން ތަކެއް ކިޔަވަން އަންނަ ސްކޫލަކަށް ވާތީ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ކަމުގައެވެ.

9.3މިލިއަންރުފިޔާއަށް ހަވާލުކުރި މިމަސައްކަތް 21ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށާއި އުންމީދު ކުރެވެނީ މިއަހަރުނިމި އަންނަ 2017ވަނައަހަރުގެ ކިޔެވުން ފެށެން ވާއިރަށް މި ކްލާސްތަކުގެ މަސައްކަތް މުޅިން ނިންމާލެވޭވަރު ވާނެކަމުގައި ޝަފީއުވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top