ފޯނުން ވީޑިއޯއެއް ބަލަމުން ސްއިކަލު ދުއްވި މައްސަލައެއްގައި މީހަކު ޖޫރިމަނާކޮށް ލައިސަންސާއި ސައިކަލު އެއް މަހަށް ހިފަހައްޓައިފި އެވެ.
ސިނަމާލެ ބްރިޖް ހައިވޭގައި ސައިކަލް ދުއްވަމުން ފޯނަށް ބަލަމުންދާ ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެ، އެކަން ފުލުހުންގެ ސަމާލު ކަމެއް އައުމާ ގުޅިގެން ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބެލުމަށް ފަހު ސައިކަލް ދުއްވި މީހާ ޖޫރިމަނާކުރީ 2،000ރ. އިންނެވެ. އަދި އޭނަގެ ލައިސަންސް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ފުލުހުން ބުނީ ތިމާ އާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ.