ސްކޫލްތަކުގައި ހަތަރު ދަންފަޅިއަށް ކިޔަވައިދިނުމާމެދު ވިސްނަނީ .

215345_3_1e54951f5f3a57ee6ad46386bb8ba6ab1964c792_medium.jpg

އެޑިއުކޭޝަން މިނިސްޓަރު،އައިޝަތު އަލީ--ފޮޓޯ :ރައީސް އޮފީސް

ކޮވިޑްގެ ހާލަތުން އަރައިގަނެ އާންމު ދިރިއުޅުމަށް ބަދަލުވާއިރު، ނިއު ނޯމަލްގައި އަމަލުކުރާނެ ގޮތާއި ގުޅިގެން މަޝްވަރާތައް ކުރެވެމުންދާ ކަމަށާ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ނިއު ނޯމަލްއަކަށް ގޮސް ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ތައްޔާރު ވަމުން އަންނަ ކަމަށާ ނިއު ނޯމަލްގައި އަމަލުކުރާނެ ގޮތުގެ މަޝްވަރާތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

“ނިއު ނޯމަލްގައި ކަންކުރާނެ ގޮތެއް އަޅުގަނޑުމެން މިހާރު މިދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑުމެންނަށް އެބަފެނޭ ބައެއް ސުކޫލުތަކުގައި ހަތަރު ދަންފަޅިއަށްވެސް ގެންދަން ޖެހޭތަން. ސްކޫލުގެ ވަގުތު ވަރަށް ބޮޑުތަކުން މަދުވެގެން ދާނެ. ފޭސް ޓު ފޭސްކޮށް މުދައްރިސާ ބައްދަލު ކުރާނީ މަދުވަގުތު ކޮޅަކަށް. އަނެއްބައިގައި އަޅުގަނޑުމެން ފިލާވަޅު ނަގައިދޭނީ ޑިސްޓެންސް މޯޑުން،” މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލަކީ ހަމައެކަނި ދަރިވަރުން ކިޔަވަން ދާތަނެއް ނޫން ކަމަށާއި، އެކުދިންގެ އިޖުތިމާއީ ގުޅުންތަކާއި ތަފާތު އެކި ކަންތައްތައް ސްކޫލުގައި ހިނގަމުން ދާއިރު، ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ކިޔަވައިދިނުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުން ތަޢުލީމީ ދާއިރާ އާއި ދަރިވަރުންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސްކޫލުތައް ބަންދުކުރިތާ ދެ މަސް ވެގެން ދިޔަ ކަމުގައި ވިއަސް، މާލެ ލޮކްޑައުން ކުރުމާ ހަމަ އަށް ވެސް “ޓެލިކިލާސް” އިން ދޭތެރެ ދޭތެރެއިން ފިލާވަޅުތައް ނަގައިދެމުން ދިޔަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top