ބ.އަތޮޅު ތައުލީމީ މަރުކަޒުގައި”ގައުމިއްޔަތު“ ކިޔަވައިދޭން ފަށައިފި

DSCN9866.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު --އީވީ ފޮޓޯ

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން މިއަދު ފަށައިފިއެވެ.

ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ބ.އަތޮޅު ތައުލީމީ މަރުކަޒާއެކު ރާއްޖޭގެ 11 ސްކޫލެއްގެ ގްރޭޑް 4 ގައި މިއަދު ވަނީ މި މާއްދާ ކިޔަވައިދޭން ފަށާފައެވެ. އެއީ ރާއްޖެތެރޭގެ ހަ ސްކޫލަކާއި މާލޭގެ ހަތަރު ސްކޫލެއްގައެވެ.

ރާއްޖެތެރޭގައި ގައުމިއްޔަތު ކިޔަވައިދޭން ފެށި ސްކޫލްތަކަކީ:

1 ބ.އަތޮޅު ތައުލީމީ މަރުކަޒު

2 ޅ. އަތޮޅު ތައުލީމީ މަރުކަޒު

3 ވ. އަތޮޅު ތައުލީމީ މަރުކަޒު

4 މަގޫދޫ ސްކޫލް

5 އަބޫބަކުރު ސްކޫލް

6 ހިތަދޫ ސްކޫލް

7 މުހައްމަދު ޖަމާލުއްދީން ސްކޫލް

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި “ގައުމިއްޔަތު” މާއްދާގެ ބޭނުމަކީ ދިވެހިވަންތަކަން ހުރި ދިވެހި ގައުމު ދެކެލޯބިވާ ގައުމާ މެދު ވިސްނައި ފަޚުރުވެރިވާ ދަރިވަރަކު އުފެއްދެމެވެ.

ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެގޮތުން ސްކޫލުތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށަން ތައްޔާރުވަމުންދާ ކަމަށާއި ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭ އެ މާއްދާ ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައި، މި އަހަރުގެ ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވަނީ މި މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ސޯޝަލް ކައުންސިލް ބައްދަލުވުމުގައެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު