ޓެލެކްލާސްތައް އަލުން ފަށަނީ

img_md_202003151211371584256297.3757.jpg

ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމަށްފަހު ފެށި ޓެލެކިލާސްތައް ސަރުކާރު ބަންދުވުމުން މެދު ކަނޑާލުމަށްފަހު މާދަމާއިން ފެށިގެން އަލުން މި ކިލާސްތައް ފަށާނެކަމަށް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 29 މާރޗް ވާ އާދިއްތަ ދުވަހުން ފެށިގެން އަލުން ޓެލެކިލާސްތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޓެލެކިލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ، ގްރޭޑް 10ގެ ދަރިވަރުންނަށް މިކްލާސް ގެނެސްދޭނީ ޔެސްޓީވީ އިންނެވެ. އަދި ގްރޭޑް 9ގެ ދަރިވަރުންނަށް  މުންނާރު ޗެނަލް އިންނެވެ. އޭލެވެލް ކުދިންނަށް ދިވެހި ޗެނަލް އިންނެވެ. މި ކްލާސްތަކުގައި ކިޔަވައިދޭނި ހެނދުނު އަށަކުން ފެށިގެން ހަވީރު 5:30އާ ހަމައަށެވެ.

ކްލާސްތައް ޝެޑިއުލް ކުރާ ގޮތާއި ގަޑިތައް ފޭސްބުކް އަދި ޓުވިޓަރގައި ހިއްސާ ކުރަމުންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޓެލެކްލާސް ޕްރޮގްރާމުގައި ކުރިން ޖުމްލަ ހަ މާއްދާގެ ފިލާވަޅުތައް ދޭއިރު މި ޕްރޮގްރާމުގައި ކޮންމެ މާއްދާއަކަށް 30 މިނެޓު ހޭދަ ކުރެއެވެ. ނަގައިދޭ މާއްދާތަކަކީ އިސްލާމާއި އިނގިރޭސި އާއި ހިސާބާއި ކޮމްޕިއުޓާ ސައިންސް އަދި ދިވެހި މާއްދާއެވެ. މެންދުރުފަހު 1:00އިން 2:00 އަށް އިސްލާމް ފޯރަމެއް ކުރިއަށް ގެންދިޔައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top