ކާބޯތަކެތީގެ އަގުތައް ބޮޑުވާން ފަށައިފި !

DSCN4591.jpg

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ބައެއް ވައްތަރުގެ ކާބޯތަކެތި ލިބުން ދަތިވެ، އަގުތައްބޮޑުވާން ފަށައިފިއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މާލޭގެ ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު ހުރީ 800 ރުފިޔާ އަށެވެ.

އޭދަފުށީގައި އެންމެ ފުޅާކޮށް ރިޓެއިލް އަދި ހޯލްސޭލް ވިޔަފާރި ކުރަމުން އަންނަ ފަސްމުގޫ ފިހާރައިން މީގެ ހަތަރު ދުވަސްކުރިން 14 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯ، މިއަދު ވިއްކަން ހުރީ 22 ރުފިޔާއަށް ކިލޯއެކެެވެ. ބަސްތާއެއްގެ އަގަކީ 525 ރުފިޔާއެެވެ.

ފިޔާގެ އަގު އުފުލެމުން ދާއިރު ބިހާއި އަލުވީގެ އަގުވެސް ވަނީ އުފުލިފައެވެ.

ފަސްމުގޫ ފިހާރައިން ވާހަކަ ދެއްކެވި އިސްމާއީލް ޝަހީމް ބުނީ ކާބޯތަކެތީގެ އަގުތައް އުފުލެމުންދަނީ މާލޭ ބާޒާރުގައި ކާބޯތަކެތީގެ ސްޓޮކް މަދުވުމުންނެވެ.

“ވެގެން މިިއުޅޭ ގޮތަކީ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވެނީ. ކުރިއެކޭ އެއްގޮތަށް އިންޑިއާއިން މި ތަކެތި ގެނެވޭކަމަށް ވާނަމަ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ.” އިސްމާލު ބުންޏެވެ.

އޭނާ އިތުރަށް ބުނީ ފިޔާ އަލުވި ބިހުގެ އިތުރަށް ތަރުކާރީ ވެސް މިދުވަސްވަރު ލިބުން ދަތި ކަމަށެވެ.

ސަރުކާރުން ބުނަނީ ކޮރޯނާ އާއި ގުޅިގެން ރާއްޖެއަށް އަންނަ ފްލައިޓުތައް މެދުކަނޑާލާފައިވާއިރު، ހާއްސަ ހުއްދައެއްގެ ދަށުން ކާގޯ ފްލައިޓުތައް ބާއްވާނެ ކަމުގައެވެ.

ކާބޯތަކެތީގެ އަގު އުުފުލުނަ ނުދިނުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިންވެސް ވަނީ ހާއްސަ ކާގޯ ދަތުރުތަކެއް ބާއްވަން ނިންމައިފައެވެ.

ތަކެތީގެ އަގު ބޮޑުވާ އަނެއްސަބަބަކީ ރާއްޖެއަށް އާއްމުކޮށް ކާބޯތަކެތި އެތެރެކުރާ ބައެއް ގައުމުތައް ލޮކްޑައުންއަށް ގޮސްފައިވުމެވެ. އެހެންވުމުން އެ ގައުމުތަކުން ތަކެތި އެތެރެކުރުމަށް މިވަގުތު ވަނީ ދަތިތަކާ ކުރިމަތި ލާން ޖެހިފަ އެވެ.

އިންޑިއާ އިން ރާއްޖެއަށް ޒަރޫރީ ކާބޯތަކެތި އެތެރެކުރުމުގައި ދައްޗެއް ނުވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފައިވާއިރު، އިންޑިއާ އިން މިއަދުވެސް ރާއްޖެއަށް ކާޑުގެ ބާވަތްތައް ވަނީ ގެނެސްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top