ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ ހިލޭ

large_158545669110FXif.jpg

ދިރާގުން ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ ހިލޭ ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އެކުންފުނިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް 10 ޖީބީގެ ޑޭޓާ އެއް ހިލޭ ދޭން ނިންމީ ކޮވިޑް 19އާ ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން އިންޓަނެޓުގެ ބޭނުން މުހިއްމު ވެފައިވާތީކަމަށެވެ.

ހަމަ އެހެންމެ ސްކޫލް ތަކާއި ކޮލެޖުތަކުގެ އިތުރުން ގިނަ އޮފީސްތަކެއް ބަންދު ކޮށްފައިވާއިރު، އޮންލައިން ކްލާސްތަކާއި ގޭގައި މަސައްކަތް ކުރުމުގެ އިތުރުން އާއިލާއާއެކު މުނިފޫހިފިލުމަށް ވެސް އިންޓަނެޓް ބޭނުން ކުރުމަށް ލުޔެއް ދިނުމަށް ނިންމި ނިންމުމެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މިމަހުގެ އިތުރުން އަންނަ މަހު ވެސް އެކުންފުނީގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް 10 ޖީބީގެ ބޫސްޓާ އެއް ދޭނެ ކަމަށް ދިރާގުން ބުނެއެވެ.

ހިލޭ ދިނުމަށް ހަމަޖައްސާފައިވާ 10 ޖީބީ ބޭނުންވާ ފަރާތްތަކަށް https://portal.dhivehinet.net.mv/home މެދުވެރިކޮށް މި ބޫސްޓާ އެކްޓިވޭޓު ކުރެވޭނެއެވެ. އަދި އިންޓަނެޓު ބޭނުން ކުރެވޭ ވަރު ބެލުމަށް މި ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓު ކުރެވޭނެއެވެ.

ކޮވިޑް 19އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގު ހޯމް ފިކްސްޑް ބުރޯޑްބޭންޑުގެ ހުރިހާ އެޑް އޮންތަކުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭގެ މާޗަންޓް ޓްރާންސެކްޝަން ފީ ކުރިއަށް އޮތް ތިން މަސް ދުވަހު ނުނަގާ ގޮތަށް އެކުންފުނިން ވަނީ ހަމަޖައްސައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top