ވިއްސާރައާއި ގުޅިގެން ސަމާލުވުމަށް އިލްތިމާސްކޮށްފި

DSCN7576-1.jpg

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ލިބިދާނެ ގެއްލުމަކަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން އިލްތިމާސްކުރައްވައިފި އެވެ.

އެންޑީއެމްއޭ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މޫސުން ކުރިއަށް ލަފާކުރާގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ  ދީފައިވާތީވެ ފެން ބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ތިބުމަށް ސަމާލުވެ ތިބުމަށް އިލްތިމާސްކުރައްވާ ކަމަށެވެ

ސަލާމަތާއި ރައްކާތެރިވުމުގެ ގޮތުން ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ ތިބުމާއި، ގެއަށް ފެން ނުވަންނާނެހެން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުން ވާނެ މުދާ ފެން ނުޖެހޭ އުސް ތަންތަނަށް ބަދަލުކޮށްފައި ބެހެއްޓުމަކީ މުދާ ސަލާމަތް ކުރުމުގެ ކުރުމުގެ ގޮތުން  ދުރާލައި އެޅިދާނެ ފިޔަވަޅެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އުސްތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާ ހިސާބަކަށް ބަދަލުކުރުމާއި، ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލައިފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާ ނުލާފަދަ ގޮތަކަށް ހައްޔަރުކޮށްފައި ބެހެއްޓުމަށްވެސް އެމްއެންޑީއެފުން އިލަތިމާސް ކުރައްވަ އެވެ.

މީގެ އިތުރުން ކަރަންޓު ބޭނުން ނުކުރާ އާލާތްތައް ނިއްވާލާފައި ބެހެއްޓުމާއި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވެ ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމު ފުރިހަމަކުރުން ފަދަ ކަންކަމަށް ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކުރައްވައެވެ.

މި ކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top