ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި

13103262_1698165803755149_9172024363282898052_n-800x449-800x449.jpg

ބ. އޭދަފުށި. / ފޮޓޯ: ފޭސްބުކް

ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓެއް އޭދަފުށީގައި ހަދައިދޭނެ ބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާނު ކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ސަރުކާރުގެ ގެޒެޓުގައި މިއަދު ކޮށްފައިވާ އިއުލާނުގައި ބުނީ ފެންފުޅި ބަންދުކުރާ ޕްލާންޓް ( ޓާންކީ ބޮޓްލިން ޕްލާންޓް) އަޅަން ޝައުގުވެރިވާ ފަރާތްތަކުން މާޗް މަހުގެ ފުރަތަމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން އެކުންފުންްޏަށް އަންގަން އެދޭ ކަމަށެވެ.

މި ޕްލާންޓްއަޅަން އޭދަފުށި ކައުންސިލުން ފެނަކައަށް ވަނީ 3000 އަކަފޫޓުގެ ބިމެއް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު 29 ވަނަ ދުވަހު އަަގަކާ ނުލާ ދޫކޮށްފައެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބަދުއްރަހްމާން ވިދާޅުވީ ބިން ހިލޭ ދިނުމަށް ނިންމީ މިފަދަ ފެކްޓްރީއެއް އޭދަފުށިގައި ގާއިމް ކުރެވިއްޖެނަމަ، އޭދަފުށީގައި އިތުރު ވަޒީފާތަކެއް އުފެދި އާންމު ރައްޔިތުންނަށް ހެޔޮއަގުގައި ފެން ލިބުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން މި ޕްލާންޓް އަޅާއިރު މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ( އެމްޑަބްލިއުއެސްސީ) އިން ވެސް ވަނީ ބައެއް ރަށްރަށުގައި އެ މަސައްކަތް ކުރަން ފަށާފައެވެ. އެގޮތުން ރ. ދުވާފަރުުގައި ޕްލާންޓް އަޅަނީ އެމްޑަބްލިއުއެސްސީ އިންނެވެ.

އޭދަފުށީގައި ފެން ޕްލާންޓް އަޅާނެ ބައެއް ހޯދުމަށް ފެނަކައިން މިއަދު އިއުލާނު ކުރިއިރު އޭދަފުއްޓާއެކު ލ.ފޮނަދޫގައިވެސް ފެން ޕްލާންޓް އަޅާނެ ބަޔަކު ހޯދަން ވަނީ އިއުލާނު ކޮށްފައެވެ.

ވާރޭ ނުވެހޭ ދުވަސްވަރު ރާއްޖޭގެ ގިނަ ރަށްތަކަށް ބޯފެނުގެ ދަތިކަން ކުރިމަތިވެއެވެ. އެގޮތުން ފެނުގެ ދަތިކަން ކުރިމަތިވާ ރަށްރަށް ކުއްލި ހާލަތުގައި ފެން ފޯރުކޮށްދޭން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެތައް ހާސް ރުފިޔާއެއް ހަރަދުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top