ބޮޑު ތަފާތަކުން ގޮއިދޫ ބަލިކޮށް އޭދަފުށި ބ. އަތޮޅު ފުޓްބޯޅައިގެ ރަސްކަމަށް

DSC_6039-1024x683.jpg

ބ. ފުޓްބޯޅަ ޗެލެންޖް މުބާރާތުގެ ފައިނަލްގައި 6-1ގެ ނަތީޖާއަކުން ގޮއިދޫ ފުޓްބޯޅަ ޓީމް ބަލިކޮށް އޭދަފުށި އަތޮޅު ފުޓްބޯޅައިގެ ޗެންޕިއަންކަން ހޯދައިފިއެވެ.

މިއަދު ހަވީރު އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގެ 3 ވަނަ މިނެޓްގައި ގޮއިދޫން ލަނޑުޖަހާ އޭދަފުއްޓަށް ސިހުންގެނުވި ނަމަވެސް ފަހަތުން އަރާ ހަލަނޑު ޖަހާ އޭދަފުށި ވަނީ ފެންވަރު ދައްކާލާފައެވެ. ގޮއިދޫ ލަނޑު ޝަމްއޫން ޖަމީލް ޖެހިއިރު، އޭދަފުށީގެ ހަލަނޑުޖެހީ އަލީ ނަސީމް 2ލަނޑު، ފާއްޓޭ 2 ލަނޑު، އަދި އަހްމަދު އަޝްރަފް 1 ލަނޑުއެވެ. އަނެއް ލަނޑަކީ ގޮއިދޫ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިއީ މީގެ ކުރިން 2012 ވަނައަހަރާ، 2014 ވަަނައަހަރު އަތޮޅު ފުޓްބޯޅަ ޗެލެންޖްގެ ފައިނަލްގައި އޭދަފުށި ގޮއިދޫ އަތުން ބަލިވި ބަލިވުމުގެ ރަނގަޅު ބަދަލުހިފުމެކެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މާގާމު ހޯދި ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދީ އޭދަފުށީ ޓީމުގެ މުހައްމަދު ފާސިރުއެވެ. އެންމެ މޮޅު ޑިފެންސަކަށް އޭދަފުށީ ރައްޒާން ރަޝީދު ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ އޭދަފުށީ ޝާހީ މޫސާ އެވެ. އަދި އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ގޮއިދޫ އާދަމް ނިޒާމެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އޭދަފުށީ އަލީ އަޖްފާން އަމްޖަދެވެ.

21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީ އަލީ ނަސީމެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އޭދަފުށީ ކޯޗު ޝާފީ އަލީ އެވެ.

މި މުބާރާތަކީ ވެސްޓި ވިންގްސް އޭދަފުށިން އިންތިޒާމް ކޮށްގެން، ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ ސްޕޮންސާ އާއި އެކު ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތް އަންނަ އަހަރުވެސް ބާއްވާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top