މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލަނީ

0BVVohpGFcEYpFwMVskwIGDZTebVeau3flsV7D0A.jpeg

ފޮޓޯ : މަޖިލިސް

މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 9430 ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތުވާނީ ފަހިކޮށްދީފައި ކަމަށެވެ.

މިދިޔަ އަހަރުވެސް މަތީ ތައުލީމާއި ތަމްރީނަށް 550 ލޯނުގެ ފުރުސަތު ހުޅުވައިލާފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެ އަދަދު މިހާރު ވާނީ 770 އަށް އިތުރުކޮށްފައި ކަމަށެވެ. މި އިތުރުކުރި ލޯނުގެ ފުރުސަތުތަކަކީ، އިގްތިސާދު އާރާސްތު ކުރުމުގެ ގޮތުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތަކުން ތައުލީމާއި ތަމްރީނު ދިނުމަށް އިސްކަންދީގެން ހުޅުވައިލާ ފުރުސަތުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާ ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންނަށް، ދޭ ލޯނުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ހާއްސަ ކެޓެގަރީއެއް މިހާރު ހިމަނާފައިވާކަން ރައީސް  ފާހަގަކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top