އޭދަފުށީގައި މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ!

l_161243092430Gfsb.jpg

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން --- ފޮޓޯ: ،ސަން ފަޔާޒު މޫސާ

އޭދަފުށީގައި މާދަމާ ކޮވިޑް-19 ގެ ވެކްސިން ދޭން ފަށާނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

މާދަމާ އޭދަފުށީގައި ކޮވިޑް ވެކްސިން ދޭން ފަށާއިރު ފުރަތަމަ އިސްކަން ދޭނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންނާއި ރެޕިޑް ރެންސްޕޮންސް ޓީމް (އާރްއާރްޓީ)ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. މިހާރު ވެކްސިން ދެނީ ސިއްހީ ހިދުމަތްތެރިންނާއި އުމުރުން 65 އަހަަރުން މަތީގެ މީހުންނަށް އަދި ސޯޝަލް ވޯކަރުންނަށާއި ޓޫރިޒަމް ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އޭގެ ފަހުން 18 އަހާރާއި 50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި، ޕޮލިހުންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ދޭނެ އެވެ.

އިއްޔެގެ ނިޔަލަށް 1،578 މީހަކަށް ވެކްސިން ދީފައިވާއިރު މިއަދު 1،000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top