ޑޮލަރުގެ މައްސަލަ ހައްލު ކުރަން ސިޔާސަތުތައް ބަދަލުކުރަނީ

img_md_202003150231121584264672.8805.jpg

ޑޮލަރުގެ މައްސަލަ ހައްލު ކުރަން ސަރުކާރުގެ ސިޔާސަތު ތަކަށް ބަދަލު ތަކެއް ގެންނަން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް މިއަދު ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި، އާންމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި ކަމަށެވެ.

އަދި އެކަން ހައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް، ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިތުރުކޮށްދިން ކަމަށެވެ.

އޭގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އަދިވެސް އެބަހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން އިގްތިސާދަށް ކުރިމަތިވި ދައްޗާއެކު، ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކުގެ ކާޑުތަކުން ބައިނަލްއަގުވާމީ މުއާމަލާތް ކުރެވޭ ލިމިޓް މަހަކަށް 250 ޑޮލަރަށް ބަދަލުކޮށްފަ އެވެ.

ރާއްޖޭގެ ޓޫރިޒަމުން ވަންނަ ބޭރު ފައިސާ ބޭންކިން ސިސްޓަމްގެ ތެރޭގައި ހަރު ނުލުމަކީ އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ބޮޑު މައްސަލަ އެކެވެ. އިގްތިސޯދުގެ ތެރޭގައި ބޭރު ފައިސާ ހިފެހެއްޓޭނެ ނިޒާމެއް ނެތުމުގެ ސަބަބުން މަނީ އެކްސްޗޭންޖު ކުރާ ތަންތަން މެދުވެރިކޮށް ބޭރު ފައިސާ މާރު ކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރަމުން ދެއެވެ. މިކަމުގައިވެސް އެންމެ ބޮޑަށް ހަރަކާތްތެރިވެ ބޮޑު ފައިދާއެއް ނަގަމުން ގެންދަނީ ބިދޭސީންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top