ކޮވިޑް އާއި ގުޅިގެން ބީއެމްއެލް ގެ ބައެއް ޚިދުމަތްތަކަށް ބަދަލު ގެންނަނީ

0.jpg

ބޭންކް އޮފް މޯލްޑިވްސް.

ކޮވިޑް-19ގެ ހާލަތު ގޯސްވަމުން އަންނާތީވެ، ބަލިން ރައްކާތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތްތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ބަދަލު ގެންނަން ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ/އެލްސީ)ގެ ޚިދުމަތް ހެނދުނު 11:00ގެ ކުރިން ހުށަހެޅުމުން އެދުވަހު ޕްރޮސެސް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި 11:00ގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުއެވެ. މިގޮތަށް އަމަލުކުރަން ފަށާނީ މި ހިނގާ ފެބްރުއަރީ 7ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން ޕޭރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ގެ ޚިދުމަތް، ބީއެމްއެލް ޗެކް ޕްރޮސެސްކުރުން އަދި ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތް މެންދުރު 12:00ގެ ކުރިން ހުށަހެޅުމުން އެދުވަހު ޕްރޮސެސް ކުރާނެއެވެ. އަދި 12:00ގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުއެވެ.

އެހެން ބޭންކުތައް މެދުވެރިކޮށް ޗެކް ޕްރޮސެސް ކުރާއިރު، ހެނދުނު 11:00ގެ ކުރިން ޖަމާ ކުރާ ކްލިއަރިން ޗެކްތައް އެދުވަހު ޕްރޮޮސެސް ކުރާއިރު 11:00 ކުރިން ޖަމާ ކުރާ ޗެކުތައް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުއެވެ.

ބީއެމްއެލް އިން ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުގެ މުވައްޒަފުން ޝިފްޓް ޑިއުޓީ އާއި ވަކިވަކި ޓީމްތަކަށް ބަހާލައި އަދި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް މިހާރުވަނީ ހަމަޖައްސާފައިކަމަށެވެ.

ކަސްޓަމަރުން ގޭގައި ތިއްބަވައިގެން މި ދުވަސްވަރު ބޭންކިންގ ޚިދުމަތް ހޯދުމަށް ބީއެމްއެލް އިން އިލްތިމާސްކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top