ރަމަޟާން މަހު ސްކޫލްތައް ހުޅުވާ ގަޑި ކަނޑައަޅައިފި

10268725_1319860061373874_7537745213109088537_n.jpg

ބަރަކާތްތެރި ރަމަޟާން މަހު ސްކޫލްތައް ހުޅުވާ ގަޑިތައް ކަނޑައަޅައި އެކަން ރާއްޖޭގެ ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.

އެ މިނިސްޓްރީން މިކަމާ ގުޅިގެން ނެރެފައިވާ ސަރކިއުލަރގައި ބުނެފައިވަނީ ބަރަކާތްތެރި ރަމަޟާން މަހު ސްކޫލްރަކުގެ ކިޔެވުން ފެށޭނީ ހެނދުނު 8:40 އާއި 9:00އާ ދެމެދުގައިކަމަށާ ހެނދުނުގެ ދަންފަޅީގެ ކިޔެވުނ ނިމޭ ގަޑިއަކީ 11:30ކަމުގައެވެ.

މެންދުރު ދަންފަޅީގެ ކިޔެވުން ފެށޭނީ މެންދުރުފަހުގެ 1:00ގައެވެ. މިދަންފަޅީގެ ކިޔެވުން ނިމޭނީ 3:00ގައެވެ.

މީގެ އިތުރުން މި ސަރކިލަރގައި ސްކޫލް ތަކަށް އެދިވަޑައިގެންފައިވަނީ ރަމަޟާންމަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާއިރު ދީނީ ކަންކަމަށް ސަމާލުކަން ދެއްވުމަށާއި ޚާއްސަކޮށް ނަމާދަށް އިސްކަން ދިނުމަށެވެ. ނަމާދު ވަގުތު ފާއިތުވެގެން ނުދަނީސް ދަރިވަރުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި ދަރިވަރުން ބައިވެރިވެވޭގޮތަށް ދީނީ ހަރަކާތްތައް އިތުރު ކުރުމަށް ވެސް މިނިސްޓްރީން އެދިވަޑައިގެންފައި ވެއެވެ.

ރޯދަމަހުގެ ތެރޭގައި ސްކޫލްގައި މަޣުރިބް ނަމާއި އިޝާ ނަމާދާ ދެމެދު އެއްވެސް ހަރަކާތެއް ނުހިންގުމަށާއި  ރޭގަނޑު ސުކޫލުތަކުގެ ހަރަކާތްތައް ބާއްވާއިރު ތަރާވީހު ނަމާދު ކުރަން ބޭނުންވާ ދަރިވަރުންނާއި މުދައްރިސުންނަށް އެފުރުސަތު ލިބޭ ގޮތަށް ހަރަކާތްތައް އިންތިޒާމު ކުރަންވެސް އަންގަވާފައި ވެއެވެ.

މި ސާރކިއުލާގައި އިތުރަށް ބުނެފައިވަނީ  ގްރޭޑް 1 އިން 7 އާ ދެމެދު ދެގަޑިއިރާ 30 މިނެޓް ކިޔަވައިދިނުމަށާއި ، ގްރޭޑް 8 އިން 10 އަށް ތިންގަޑިއިރު އަދި ގްރޭޑް 11 އަދި 12 އަށް ހަތަރު ގަޑިއިރު ކިޔަވައިދިނުމަށށެވެ.

ޝައްވާލު މަހުގެ ފުރަތަމަ ހަތްދުވަހުވެސް ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް އަންގަވާފައިވަނީ ރަމަޟާން މަހާ އެއްގޮތަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top