މަލާއިކާއަރޯރާ އެނބުރި ގެއަށް

721568.jpg

މިވީ ކިހިނެއް ހެއްޔެވެ؟ ވަރަށް ބާރުލާފައި އަރުބާޒު ގާތުން ވަރިވާން އުޅެ އެންމެ ފަހުން އެގެއިން ނުކުމެގެން ގޮސް އެހެން ތަނެއްގައި ދިރިއުޅެން ފަށައި ދެމީހުންގެ މައްސަލަ ގޯހުން ގޯހަށް ދާން ފެށުމުން އެކަން ސުލްހަ ކުރުމަށް ދެފަރާތުގެ އާއިލާއިން އެތައް މަސައްކަތެއްކޮށްގެންވެސް ސުލްހަވާން ބޭނުން ނުވި މަލާއިކާ އަރޯރާ ޚާން އެންމެ ފަހުން އެނބުރި އަރުބާޒުމެންގެ ގެއަށްދާން ނިންމައިފި ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

މަލާއިކާ އަޒްބާޒްއާ ވަކިވާން ބޭނުން ވެފައިހުރި ވަރުގެ ބޮޑުކަން ދެއްކުމަށް މަލާއިކާވަނީ އޭނާގެ ނަމުގެ ފަހަތަށް އިތުރުކޮށްފައިވާ ޚާން ކަނޑާލުމަށް  ބޭނުންވާކަމަށް ބުނެފައެވެ.

މިދެމީހުން ވަކިން ދިރިއުޅެމުން ގެންދާތާ އަހަރެއްވާން ކައިރިވެފައިވާއިރު  ފަހަރިއާއި ކޮއްކޮގެ  ދިރިއުޅުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށް އެގުޅުން ރަނގަޅު ކުރުމުގައިސަލްމާން ޚާންގެ ވަރަށް ބޮޑު ބައިވެރިވުން އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ.

އަރްބާޒާއި މަލާއިކާގެ ދިރިއުޅުން ދިމާވި މައްސަލައިގެ ސަބަބުން އަރުބާޒުގެ މަންމަ ސަލްމާޚާން ގެ ސިއްހަތަށްވެސް އެކަމުގެ އަސަރު ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ. އެކަމާހުރެ ޚާންގެ މުޅި އާއިލާ އަންނަނީ ކަންބޮޑުވުން ފާޅުކޮށް ހިތާމަ ކުރަމުންނެވެ.

މިދެމީހުންގެ ގުޅުން ރަނގަޅުވެ އާއިލާއާއެކު ދިރިއުޅުން ފަށަން ނިންމާފައިވާތީ ދެފަރާތުގެ އާއިލާވެސް އުފާކުރަމުން އަންނަ ކަމުގައި ބޮލީވުޑް ނިއުސްއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top