މާޅޮހުގައި ސްވިމިން އެންޑް ވޯޓާ ރެސްކިއު އިންސްޓްރަކްޓާ ކޯހެއް ބާއްވައިފި

maalhossd-pc4xmlieyf7in9yliw4bhep31mmuxrw6054supn5gw.jpg

މާޅޮހުގައި ކުރިޔަށް ގެންދިޔަ ސްވިމިން އެންޑް ވޯޓާ ރެސްކިއު ކޯހުގެ ތެރެއިން --

ބ. މާޅޮހުގައި ސްވިމިން އެންޑް ވޯޓާ ރެސްކިއު އިންސްޓްރަކްޓާ ކޯހެއް ބާއްވައިފި އެވެ.

ސޮނެވާ ނަމޫނާ އާއި މޯލްޑިވްސް ސްވިމިން ސްކޫލުން އެ ރަށު ކައުންސިލާއި ގުޅިގެން މިދިޔަ ހަފްތާ ބަންދުގައި ބޭއްވި މިކޯހުގައި މިކޯހުގައި ޖުމްލަ 24 ޒުވާނުން ވަނީ ބައިވެރިވެފަ އެވެ. އެއީ މާޅޮހުން 15، ކިހާދޫން 4 ، އަދި ސޮނެވާފުށި ރިސޯޓުން 5 ބައިވެރިންނެވެ. މީގެ ތެރޭގައި ހިމެނެނީ ގްރޭޑް ނުވައެއް އަދި 10 ގެ ދަރިވަރުންނާއި މިދިޔަ އަހަރު ސްކޫލް ނިންމި ދަރިވަރުންނާއި ޒުވާނުންނެވެ.

މާޅޮހު ކައުންސިލުން ބުނީ މިފަދަ ކޯހެއް ބޭއްވުމުގެ ބޭނުމަކީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި މާޅޮހުގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ އިރު މޫދާއި ގުޅުން ހުރި ކަންކަމަށް ކުދިން ޝައުގުވެރި ކުރުވުން ކަމަށެވެ.

މި ކޯހުގެ ތެރެއިން ކިހާދުއާއި މާޅޮހާއި ދެމެދު ވަނީ ހާއްސަ ފެތުމެއް ބާއްވާފަ އެވެ. ދެ ރަށް ދޭތެރެ ހުރަސް ކުރުމަށް ބައިވެރިން ގާތްގަނޑަކަށް ތިން ގަޑިއިރާއި ބައި ހޭދަ ކުރި އެވެ.

މާޅޮހު ކައުންސިލުން ބުނީ ކޯސް އިންތިޒާމް ކުރުމުގައި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި، ފެނަކަ، ސިއްހީ މަރުކަޒު އަދި ރައްޔިތުންނާއި ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top