ރާއްޖެ އަންނައިރު ދެން ޕީސީއާރް ހަދާކަށް ނުޖެހޭނެ

325023_3_2bf4c823429d4c0e72bb4dd18751ab765ec8c072_large.jpg

ރާއްޖެއިން ބޭރުން އަންނަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަ ޕީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑާ ގުޅިގެން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ޑަބްލިއުއެޗްއޯއިން އިމަޖެންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވާ ކޮވިޑްގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބި ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން މީގެ ކުރިން ޕީސީއާރް ޓެސްޓު ހަދަން ޖެހުނަސް މިހާރު ޕީސީއާރް ޓެސްޓު ނުހަދައި ރާއްޖެއިން ފުރޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތަކުގެ އަދަދު މަދުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިދިޔަ މަހުވެސް ބައެެއް ލުއިތައް ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top