ސޮނޭވާއާއި ފެއިމްސް ޔުނައިޓެޑް ސެމީއަށް

DSC_0649.jpg

މިއަދު ކުޅުނު ޑީކޭ ޔުނައިޓެޑް އާއި ފެއިމްސް ޔުނައިޓެޑްގެ މެޗް- ފޮޓޯ : އީޓީ

ލޭޓް ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖް ކަޕް މުބާރާތުގައި މިއަދު އޭދަފުށީގައި ކުޅުނު ދެމެޗުން  މޮޅުވެ މިދިޔަ އަހަރުގެ ޗެމްޕިއަން ސޮނޭވާއާއި ފެއިމްސް ޔުނައިޓެޑް ސެމީއަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ކްއާޓަރ ފައިނަލް މެޗްތައް ފެށިގެން ކުރިއަށް ދާއިރު މިއަދު ކުޅުނު ފުރަތަމަ މެޗްގައި ފެއިމްސްއާއި ދެކޮޅަށް ނުކުތީ ޑީކޭ އެވެ. 2-1 ން ފެއިމްސް ޔުނައިޓެޑް މެޗްކާމިޔާބުކުރިއިރު މި މެޗްގެ ފުރަތަމަ ހާފް ނިމިނުއިރުވެސް  އެއްލަނޑުގެ ތަފާތުން ލީޑުގައި އޮތީ ޑީކޭއެވެ. ނަމަވެސް ދެވަނަ ހާފް ފެށުނު ތަނާހެން ފެއިމްސްގެ އަބްދުއްސަލާމް ލަނޑެއްޖަހައި މެޗް އެއްވަރު ކުރިއެވެ. އަދި ދެންވެސް ސަލާމް އިތުރު ލަނޑެއް ޖަހައި މެޗް ގެ ލީޑް ހޯދިއެވެ. ޑީކޭ ޔުނައިޓެޑުން ޖެހި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝާހީ މޫސާއެވެ.

މިއަދު ކުޅެވުނު ދެވަނަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސޮނޭވާފުށްޓާ ދެކޮޅަށް ނުކުތީ އަމިއްލަފުށި ރިސޯޓެވެ. 9-2ގެ ބޮޑުތަފާތަކުން އަމިއްލަފުށި ރިސޯޓް ބަލިކޮށް މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ކަނޑުޖެހި މެޗަކަށްވެސް މި މެޗް ވެގެން ދިޔައީީއެވެ. މި މެޗްގައި ސޮނޭވާފުށި 9 ލަނޑުޖަހާފައިވާއިރު  ޓީމުގެ އިބަރާހީމް މާޖިދު އާއި އަޒްމީންވަނީ ހެޓްރިކް ހަދާފައެވެ. އިތުރު ލަނޑުތައް ޖަހާފައިވަނީ އާދަމް ނިޒާމް ދެލަނޑު އަދި ޝަޑޫ އެއް ލަނޑެވެ. އަމިއްލަފުށިން ލަނޑުޖަހާފައިވަނީ  އަލީސަމީއުއާއި ހުސެން ސިފާހްއެވެ.

މިމުބާރާތުގައި މާދަމާ ހަވީރުވެސް ދެމެޗްކުޅޭގޮތަށް ހަމަޖެހިފައިވެއެވެ. އެއީ ޔުނައިޓެޑްވީއާއި އަނަންތަރާގެ މެޗާއި ކިހާދްމޯލްޑިވްސްއާއި ރޯޔަލްގެ މެޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top