ގޮއިދޫން ގެސްޓް ހައުސްއަށް ބިން ނުދެވިގެން މިއުޅެނީ ޕްލޭނިންގްގެ ހުއްދަ ލަސްވެގެން – ކައުންސިލް

11004570_1631971077031247_6205858526501739108_o.jpg

ބ. ގޮއިދޫ

ގެސްޓްހައުސް އަޅަން ބޭނުންވާ ފަރާތްތަކަަށް ބިން ނުދެވިގެން އުޅެނީ ޕްލޭނިންގް މިނިސްޓްރީން ލިބެންޖެހޭ ހުއްދަތައް ލިބުން ލަސްވަމުންދާތީކަމަށް ބ. ގޮއިދޫ ކައުންސިލުން ބުނެފިއެވެ.

ގޮއިދޫ ކައުންސިލުން ބުނީ ސާޅީސް ގެސްޓް ހައުސް އެޅޭވަރުގެ ބިމެއް ބ. ގޮއިދޫން ކުއްޔަށް ދޫކުރަން ތައްޔާރުވަމުން އަންނަ ކަމަށާ، އެކަމަށް ބޭނުންވާ ލޭންޑް ޔޫސް ޕްލޭން ޕްލޭނިންގް މިނިސްޓްރީއަށް ފޮނުވިފަހުން އަހަރެއްވާން ގާތްވެފައިވާ ކަމަށެވެ.

އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު އީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގޮއިދޫން ގެސްޓް ހައުސް ބޭނުންވެގެން ގިނަ އަދަދެއްގެ އިންވެސްޓަރުން ހުށައަޅަމުން އަންނަ ކަމަށާ، ނަމަވެސް ފުރުސަތު ނުލިބި ލަސްވަމުންދާތީ، ގޮއިދޫ ރައްޔިތުންނަށް ގެއްލުން ވަމުން އަންނަކަމަށެވެ.

“ޕްލޭނިންގް މިނިސްޓަރީއާ އަޅުގަނޑުމެން މިދިޔަ އަހަރު ބައްދަލުކޮށް މިކަން އަވަސްކޮށްދޭން ދެންނެވީމާވެސް ވިދާޅުވީ ވަރަށް އަވަހަށް ހަމަޖެހޭނޭ. އެކަމަކު އެންމެ ފަހުން ހުއްދަދިން ރަށްރަށުގެ ތެރޭގައިވެސް ގޮއިދޫ ނުހިމެނޭ. ވަރަށް ބޮޑަށް ހިތާމަކުރަން. އެތަށްބަޔަކު އިންވެސްޓް ކުރަން ތައްޔާރުވެފަ ތިބީ.” އާމިރު އިހްސާސްތައް ވިދާޅުވެދެއްވިއެވެ.

އާމިރު ވިދާޅުވީ ގޮއިދޫގެ ރައްޔިތުންގެ ފުދުންތެރިންކަން އިތުރުކުރުމަށާއި، ފާގަތިކަމަށް މިމަޝްރޫއުގެ ސަބަބުން އިންގިލާބީ ބަދަލެއްް ގެނެވޭނެކަމަށެވެ. އަދި ގެސްޓްހައުސް އެޅުމަށް ބިންދޫކުރަން ނިިންމާފައިވަނީ އެރަށުގެ އިރު ދެކުނު ފަރާތުން ކަމަށާ، ބީޗް އޭރިޔާއިން 10000 އަކަފޫޓްގެ 40 ގެސްޓްހައުސް ލޭންޑްޔޫސް ޕްލޭންގައި ހުށައަޅާފައިވާނެ ކަމަށްވެސް އާމިރު ވިދާޅުވިއެވެ.

“ސީދާ ބީޗު އޭރިޔާއެއީ. މިމަޝްރޫއު ފެށިއްޖެނަމަ ގޮއިދޫގެ މުސްތަގްބަލް އިންގިލާބީ ބަދަލަކަށް ފުރޮޅިގެންދާނޭ އަޅުގަނޑު ދަންނަވާނީ. އިގްތިސާދަށް ވަރަށް ބޮޑު ބޫސްޓެއް އަންނާނެ ހަމަގައިމުވެސް” އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ގޮއިދޫއިން ގެސްޓް ހައުސް އެޅުމަށް ބިން ބޭނުންވެގެން ގިނަ ބަޔަކު މީގެކުރިން ރިކުއެސްޓް ކޮށްފައިވާ ކަމަށާ، އެކަން ނުކުރެވި އޮތީ ސަރުކާރުގެ ތެރެއިން ހަމަޖައްސަންޖެހޭ ކަންކަން އެކަށީގެންވާ ސްޕީޑްގައި ނުކުރެވިގެންކަމަށެވެ. އޭނާ ވިދާޅުވީ މާލެއާ، ގޮއިދޫ ފެރީގެ ނިޒާމަކުން ގުޅިފައި އޮތުމުން މިމަޝްރޫއު ކާމިޔާބުކަމާއެކު ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top