މިދުވަސްވަރު އަރިދަފުސް ރޯގާ އިތުރު، ސަމާލުވާންޖެހޭ – ބ. އަތޮޅު ހޮސްޕިޓަލް

72899509_1428958890591415_2032663654461079552_o.jpg

ބ. އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރަކު ބަލިމީހަކު ބަލަނީ. އަރިދަފުސް ރޯގާގެ ކޭސްތައް މިދުވަސްވަރު ގިނަ ކަމަށް ހޮސްޕިޓަލުން ބުނޭ / ފޮޓޯ: އަތޮޅު ހޮސްޕިޓަލް ފޭސްބުކް ޕޭޖް

މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ހޮސްޕިޓަލަށް ދައްކަން އަންނަ ބަލިމީހުންގެ އަދަދު އިތުރުކަމަށާ، އެކަމަށް ސަމާލުވުމަށް ބ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓުން މިއިލްތިމާސް ކުރެއްވީ އަތޮޅުގެ އާންމު ސިއްހީ ހާލަތާ ގުޅޭގޮތުން އީވީއަށް މައުލޫމާތު ދެއްވަމުންނެވެ. އަތޮޅު ހޮޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓް ހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ އަރިދަފުސް ރޯގާގެ ކޭސްތައް އާންމުގޮތެއްގައި މިދުވަސްވަރު އިތުރުވާކަމަށާ، އެއީ މޫސުމީކަމެއްކަމަށެވެ. އެހެންނަމަވެސް އާންމުން މިކަމަށް ސަމާލުވެ ބަލިތަކުން ރައްކާތެރިވުމަށް ސިދުގީ އިލްތިމާސް ކުރައްވައެވެ.

“އެނގި ވަޑައިގަންނަވާނެ މިދުވަސްވަރަކީ ހިރަފުސްބޯ، ހަނަފަސް ދުވަސްވަރެއްކަން. މިކަހަލަ ކޭސްތައް ގިނަވާނެ އާންމުގޮތެއްގައި މިފަދަ ދުވަސްވަރު. އެހެންނަމަވެސް އާންމުން މިކަމަށް ސަމާލުނުވެއްޖެނަމަ ބަލިމަޑުކަން ބޮޑުވެދާނެ. އެހެންވީމާ، ހިރަފުހުން ރައްކާތެރިވެ، ސާފުަތާހިރުކޮށް ތިއްބެވުމަކީ ބަލިން ދުރުކޮއްދޭނެކަމެއް” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ އާންމު ސިއްހީ މައްސަލަތައް ބޮޑުވަމުން އަންނަ މިދުވަސްވަރު ހިމަބިހި ފެތުރިދާނެކަމުގެ އިންޒާރު ސަރުކާރުން ހާމަކުރައްވާފައިވާތީ، އެކަމަށްވެސް އަތޮޅު ހޮސްޕިޓަލުން ސަމާލުކަން ދެއްވާކަމަށެވެ. އަދި ވެކްސިން ދެއްވުމުގައި އާންމުން ސަމާލުވުމަށްވެސް އޭނާ އެދިވަޑައިގަތެވެ.

“އެމްއެމްއާރު ވެކްސިން އަޅުގަނޑުމެން ބ. އަތޮޅުގައި ހުރިހާ ކުޑަކުދިންނަށް ވަނީ ދެވިފައި. އެހެންނަމަވެސް މިއަހަރު އެބައުޅޭ އަތޮޅުން ބޭރުގައި ކުރިން އުޅުނު އާއިލާއެއް އެނބުރި އަތޮޅަށް ވަޒަންވެރިވި އަދި ވެކްސިން ނުދެވޭ. އެކަން އަޅުގަނޑުމެން ބަލައި ވެކްސިން ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. އެހެންވީމާ މިއީ ވަރަށްބޮޑު ކުރިއެރުމެއް”

ސިދުގީ ވިދާޅުވީ ބ. އަތޮޅުގެ އާންމު ސިއްހީ ހާލަތު ހުރިހާ ރަށެއްގައިވެސް މިދުވަސްވަރު ރަނގަޅު ކަމަށާ، މޫސުމީ ރޯގާތަކަކީ ކޮންމެ އަހަރަކުވެސް ފެންނަ ކަމެއްކަމަށެވެ. އަދި ސިއްހީ އެހީތެރިންގެ ލަފާގެ މަތިން ރަށްރަށުގައި މިކަންކަމަށް ސަމާލުވުމަށް އޭނާ އެދިވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top