ޕީޕީއެމްގެ ޕްރައިމަރީ ފެބްރުއަރީ 7ގައި

image_lNOIQH8MvnrJZGI.jpg

ލޯކަލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ކަމަށް އެޕާޓީން އިއުލާނު ކުރައްވައިފިއެވެ.

އިއްޔެ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ފޯމް ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެޕާޓީން މިހާރުދަނީ ހުރިހާ ކެނޑިޑޭޓުންނަށް ވޯޓާސް ލިސްޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ހީނާ ވިދާޅުވީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ރޭ 10:00ގެ ނިޔަލަށް އޮންނާނެ ކަމަށާއި، އެ ޝަކުވާތައް ބެލުމަށް ފަހު މިއަންނަ އާދިއްތަ ދުވަހުގެ ކުރިން ދާއިމީ ވޯޓާސް ލިސްޓު ހުރިހާ ކެންޑިޑޭޓުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ޕްރައިމަރީގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ އެ ޕްރައިމަރީއެއް ބާއްވާނީ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުކަމަށްވެސް ހީނާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top