އިތުރުގަޑީގައި މަސައްކަތް ކުރުވާފައި ފައިސާ ނުދޭ 49 ރިސޯޓެ

big_EKPU56hwIYyxiSpKEOfnt1OYo.jpeg

އިތުރުގަޑީގައި މަސައްކަތް ކުރުވާފައި ފައިސާނުދޭ 49 ރިސޯޓު ހިމެނޭ ލިސްޓެއް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އެކުލަވާލައިފި އެވެ.

”ޓީމް“އަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގު ހޯދައިދިނުމަށް އެކުލަވާލާފައިވާ އަމިއްލަ ޖަމިއްޔާ އެކެވެ.

އިތުރު ގަޑީގެ ފައިސާ ނުދޭ މި ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ރިސޯޓުތައް ވެސް ހިމެނެ އެވެ. މީގެތެރޭގައި ހިމެނޭ ބައެއް ރިސޯޓުތަކަކީ ދައުލަތަށް ޓެކްސް ނުދައްކާ ލިސްޓުގައިވެސް ހިމެނޭ ރިސޯޓުތަކެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލިސްޓް ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ވެސް ހުށަހަޅާފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން މުވައްޒަފަކު ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަށް ޖެހޭ މިންވަރުގެ މަދުވެގެން ހަތަރު ބައިކުޅައެއް ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތް ކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ނަމަ، އެ މީހެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން ދެބައިކުޅަ އެއް ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދޭން ޖެހޭނެ އެވެ.

ރާއްޖޭގައި މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގަމުންދާއިރު މުވައްޒަފުންނަށް މުސާރަ ދިނުމާއި އިތުރު އިނާޔަތްތައް ދިނުމުގައި އޮޅުވާލާ ކަމަށް ބުނާ މައްސަލަތައް ދޭތެރެއަކުން ކޮންމެވެސް ރިސޯޓަކުން ފެންމަތިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top