13 އަހަރުގެ ކުއްޖަކު ރޭޕްކުރި މީހަކު 14 އަހަރަށް ޖަލަށް

bhm-.png

ކައިވެނީގެ ނަމުގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރޭޕް ކުރަމުން ދިޔަ މައްސަލައެއްގައި ދައުލަތުން ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 14 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މައްސަލައިގާ ކުށް ސާބިތުވެ 14 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވަނީ ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

އޭނަ އެ ކުއްޖާ ރޭޕްކުރިކަން ފަޅާއެރީ ބައިވެރިވި ދީނީ ހަރުކަށި ފިކުރުގެ ގްރޫޕެއްގެ ތެރޭގައި ހައްމާދަށް ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ދަނިކޮށެވެ. އޭރު އެ ކުއްޖާ ވަނީ ހައްމާދަށް ދަރިއަކު ވެސް ވިހައިފަ އެވެ. ފުލުހުން އޭރު ބުނެގައި ވަނީ 13 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ހާއްމާދާ ދިމާވާކަމަށެވެ. ރޭޕްގެ ޝިކާރައަކަށްވި ކުއްޖާއަކީ ވެސް ހަރުކަށި ފިކުރުގެ ބޮޑެއްގެ ދަރިއެއް ކަަމަށް ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ހައްމާދަށް 14 އަހަރުގެ ހުކުމެއް އިއްވި އިރު އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބެވެ.

ފުުލުހުން ހަމްދާން ހައްޔަރުކުރީ 2019 ގެ ނޮވެމްބަރުގައި ކަނޑުމަތީގައި ހިންގި މާރާމާރީގެ ސަބަބުން އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަ ށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ. އެ ހަމަލާއިން ހައްމާދު ސަލާމަތްވީ އެ މީހުން ތިބި ދޯނިން ފުންމާލައިގެން ފަތާފައި އއ. މާޅޮހަށް އަރައިގެންނެވެ.

މީގެ ކުރިން ފުލުހުން އާންމުކުރި މައުލޫމާތުން އިނގޭ ގޮތުގައި ގޮތުގައި ހައްމާދު ހަރުކަށި ފިކުރުގެ ތެރެއަށް ވަނީ އެހެން ކުށެއްގައި އިއްވި ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ޖަލުގައި ބަންދުވެ އުޅުމެގެ ތެރޭގަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top