ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް

DSCN9825.jpg

މޫސުން ގޯސް ދުވަހެއް --އީވީ ފައިލް ފޮޓޯ

ކުރިއަށް އޮތް 24ގަޑިއިރު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ބައެއް ރައްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށެވެ. ދެކުނުގެ ސަރަހައްދަށް ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން އދ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށް ވައިޓްއެލާޓުވެސް ނެރެފަ އެވެ.

އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން އިރުއޮށްސި 06:00 އާ ހަމައަށެވެ.

ވައިޓް އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި 40 މޭލަށް ވައިގަދަވެދާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top