ޔެލޯ އެލާޓް ހަވީރާ ހަމައަށް

DSCN9825.jpg

މޫސުން ގޯސް ދުވަހެއް --އީވީ ފައިލް ފޮޓޯ

ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން މުޅިރާއްޖެއަށް ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު މިއަދުހަވީރާ ހަމައަށް މޫސުމާ ބެހޭ ގައީ އިދާރާ (މެޓް އޮފީސް) އިން ދަންމާލައިފި އެވެ.

ޔެލޯ އެލާޓް ދަންމާލާފައިވަނީ ހަވީރު 4:30 އާ ހަމައަށެވެ. މެޓް އޮފީހުން ބުނި ގޮތުގައި މޫސުމީ އިންޒާރުގެ ވަގުތު އިތުރުކުރީ އަދިވެސް މޫސުން ގޯސްވުމުންނެވެ.

މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 5 ފޫޓާއި 8 ފޫޓާ ދެމެދުގައިކަމަށް މެޓް އޮފީހުން ބުނެއެވެ.
ދިޔަވަރު ބޮޑުވާ ވަގުތު އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top