ކުޑަރިކިލުން ކޮވިޑް ފެނިގެން ރަށް ބަންދު!

IMG_20210206_132932106.jpg

ކުޑަރިކިލުގެ މަގެއް ---އީވީ ފޮޓޯ

ބ.ކުޑަރިކިލުން ކޮވިޑް-19 ގެ ޕޮޒިޓިވް ނުވަ ކޭސް ފެނިގެން އެރަށަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

މިކަމާއި ގުޅިގެން ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ކުޑަރިކިލު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އެރަށު މީހަކާއި ކައިވެނި ކޮށްގެން އުޅޭ ރިސޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެކެވެ. އޭނާ ޕޮޒިޓިވް ވެފައިވަނީ އެރަށުގައި ދެވަނަ ފަހަރަށް ނެގި ސާމްޕަލުން ކަމަށާ އޭނާ އަކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހެއްކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

ކައުންސިލުން ބުނީ އޭގެ ފަހުން އެކޭހާ ގުޅުންހުރި 35 ސާމްޕަލެއް ނަގާފައިވާ އިރު އޭގެ ތެރެއިން އިތުރު އަށް މީހަކު އިއްޔެ ވަނީ ޕޮޒިޓިވްވެފައިކަމަށެވެ. އަދި ބަލި ފެތުރިފައިވާ ވަރު ބެލުމަށް މިހާތަނަށް ނަގާފައިވާ ސާމްޕަލް ތަކުގެ ތެރެއިން 63 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ނުވަ މީހުންގެ ހާލު ރަނގަޅުކަމަށް ވިޔަސް ކޮވިޑްގެ މި ކޭސްތަކާ ގުޅިގެން ސަލާމަތީ ގޮތުންނާއި ރައްކާތެރި ކަމުގެގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ރައްޔިތުން ސަމާލުވުމުގެ ގޮތުން މީހުން އެއްވެ އުޅުމާއި މާސްކް އަޅައިގެން ނޫނީ ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކުޑަރިކިލަށް އަރައި ފޭބުން މަނާވާނެ ކަމަށެވެ.

ބ.އަތޮޅުން ކުޑަރިކިލުގެ އިތުރުން ތުޅާދޫންވެސް ކޮވިޑް ހާލަތު ރަނގަޅުވިތާ އެތައް ދުވަހެއް ފަހުން މި ދިޔަ އަންގާރަ ދުވަހު އެރަށުން ކޮވިޑް ފެނިގެން އެރަށް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ކުޑަރިކިލު ހިމެނޭހެން 15 އަށް ވުރެ ގިނަ ރަށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top