ސައުދީން ހިލޭދިން ކަދުރު އޭދަފުށީ ރައްޔިތުންނަށް ދޫކުރަން ފަށައިފި

ކައުންސިލް އިދާރާއިން އިއްޔެ ބަޔަކަށް ކަދުރު ދޫކުރަނީ. ސައުދީން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ރައްޔިތުންނަށް ރޯދަމަހާ ދިމާކޮށް ކަދުރު ހަދުޔާކުރޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

ކައުންސިލް އިދާރާއިން އިއްޔެ ބަޔަކަށް ކަދުރު ދޫކުރަނީ. ސައުދީން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ރައްޔިތުންނަށް ރޯދަމަހާ ދިމާކޮށް ކަދުރު ހަދިޔާކުރޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

ސައުދީ އަރަބިއްޔާއިން ރަމަޟާންމަހާ ދިމާކޮށް ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު، އޭދަފުށީ ރައްޔިތުންނަށް ދޫކުރަން ފަށައިފިއެވެ.

އިއްޔެ އޭދަފުށީ ކައުންސިލުން ފެށި މިމަސައްކަތުގެ ދަށުން ކޮންމެ ގެއަކަށްވެސް ކަދުރު ދޫކުރަނީ މީހުން އުޅޭ ނިސްބަތުން އެގެއަކަށް ޖެހޭ އަދަދެއް ބެލުމަށްފަހު އެއަދަދަކަށްކަމަށް ކައުންސިލުން ބުނެއެވެ. އޭދަފުށި ކައުންސިލުން ބުނީ ކޮންމެ ގެއަކުންވެސް އެގޭގެ މީހަކު ކައުންސިލަށް އައިސް އެދުމުން ކަދުރު ދޫކުރަމުންދާކަމަށާ، އިއްޔެ ގިނަ އަދަދެއްގެ ބަޔަކު ކަދުރު ގެންގޮސްފައިވާކަމަށެވެ.

ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދޫކުރާ ކަދުރު އާންމު ރައްޔިތުންނަށް ދަނީ ހިލޭ ބަހަމުންނެވެ. ބ. އަތޮޅު ކައުންސިލުން ބުނީ އަތޮޅު އެހެންރަށްރަށަށްވެސް ސަރުކާރުން ފޮނުއްވި ކަދުރުފޮށިތައް އެރަށްރަށުގެ ކައުންސިލްތަކާ މިދިޔަ ހަފްތާގެ ނިޔަލަށް ހަވާލުކޮށްފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top