ހޯމް ކަރަންޓީނާ ޚިލާފުވި މީހަކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި.

229797_4_bef8aa660822c9bc45dc7b57e17b5441c1fea300_medium.jpg

ކ.ގުރައިދޫ -ފޮޓޯ :ދުވަސް

ހޯމް ކަރަންޓީނުގައި މާލެ އަތޮޅު ގުރައިދޫގައި ހުރި މީހަކު ހޯމް ކަރަންޓީނުގެ ގަވާއިދާ ޚިލާފުވެގެން ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި އެވެ.

39 އަހަރުގެ އެމީހާ ޖޫރިމަނާ ކޮށްފައިވަނީ 2500 ރުފިޔާއިންނެވެ.

ފުލުހުން ވިދާޅުވީ މިމީހާ ޖޫރިމަނާ ކޮށްފައިވަނީ އެކެހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއިބެހޭ ގަވާއިދަށް ފުރަތަމަ އިސްލާހް ގެނެވި އެގަވާއިދުގެ ތެރެއަށް އަލަށް އިތުރުކުރި 13 ވަނަ މާއްދާގެ ށ. ގެ ދަށުން ކަމަށެވެ.

މިއީ މިގޮތަށް ޖުރިމަނާކުރި ފުރަތަމަ މީހާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ކަރަންޓީނު ކުރެވޭ ނުވަތަ އެކަހެރިކުރެވޭ ފަރާތްތަކުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެފައެވެ.

ކަރަންޓީނު ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގެ އިތުރުން އެނޫންވެސް ތަންތަނުގައި ކަރަންޓީނުވުމަށް އަންގާފައިވާ ގަވާއިދާ ހިލާފުވާ މީހުން 5،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top