ޓިކެޓް އަގު ބޮޑުވީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން: މޯލްޑިވިއަން

b_jEVCnLPEzPhP5nUxx3iWE2D3e.jpg

މޯލްޑިވިއަންގެ ފްލައިޓެއް ---ފޮޓޯ : މޯލްޑިވިއަން

ދިވެހި ގައުމީ އެއާލައިން ، މޯލްޑިވިއަން އިން ވިއްކާ ޓިކެޓްގެ އަގު ބޮޑުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ ޓިކެޓްގެ އަގު ބޮޑުކުރަން މަޖުބޫރުވީ ތެލުގެ އަގު އިންތިހާއަށް ބޮޑުވެ، ލިބޭ އާމްދަނީން ހަރަދުތައް ދެކޮޅުޖައްސައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ ރަޝިއާ އާއި ޔޫކުރޭން ހަނގުރާމަ ފެށި ފަހުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އައިލެންޑް އޭވިއޭޝަނުން ވެސް ތެޔޮ ގަތުމަށް ހޭދަކުރަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ. ކުރިން ތެޔޮ ލިބޭ އަގަށް ވުރެ މިހާރު 50 ޕަސެންޓް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދުގެ ތެރެއިން 2019 ވަނަ އަހަރު ޖެނުއަރީ މަހު ޓިކެޓްގެ އަގު ވަރަށް ބޮޑުތަން ވަނީ ހެޔޮ ކޮށްފައެވެ. ނަމަވެސް އޭގެ ފަހުން ކޮވިޑް-19 އާއެކު ފެއާތައް އުވައިލުމާ އެކު، އަނެއްކާ ވެސް ޓިކެޓްގެ އަގު ބޮޑުވިއެވެ. ކޮވިޑާ އެކު އަގުހެޔޮ ދެ ފެއާ އުވައިލާ، އެއް ފެއާއަކަށް ޓިކެޓް ވިއްކަން ފެށިއެވެ. މިއަދު ގެނެވުނު ބަދަލާ އެކު ކޮވިޑް-19 ފަހުން ވިއްކަމުން އައި ޓިކެޓްގެ އަގަށް 180 ރުފިޔާ އިތުރުވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top