ދިރިއުޅުމަށް ނުކުންނަ ޒުވާނުންނަށް ރަށްރަށުން ގޯތި ދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް

DSCN3530-800x490-800x490-800x490-800x490-800x490-800x490.jpg

އޭދަފުށީގެ ދެކުނު ފަރާތުގައި ހިއްކާފައިވާ ބިން. .ގޯތި ބޭނުން ވެފައިވާ އެތައް އާއިލާއެއް ތިބި އިރު އަދިވެސް އޮތީ ހުސްކޮށް--އީވީ ފައިލް ފޮޓޯ

އަލަތު ކައިވެންޏާއެކު ދިރިއުޅުމަށް ނުކުންނަ ޒުވާނުންނަށް ރަށްރަށުން ގޯތި ދިނުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މި ގަރާރު މަޖިލީހަށް ފޮނުވާފައިވަނީ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲއެވެ.

އޭނާ މަޖިލިހަށް ފޮނުއްވި ގަރާރުގައި ބުނެފައި ވަނީ ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫނުކޮށް އޮތުމުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމު ވެފައިވާ ކަމަށާ އެކަމުގެ ސަބަބުން ގިނަ އާއިލާތަކެއް ބިކަވެ، ހާލުގައި ޖެހެމުންދާ ކަމަށެވެ.

އެހެންކަމުން މިއީ ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ޖެހޭ މައްސަލައެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވާ ގަރާރުގައި ވަނީ ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމަކީ ކޮންމެ ދިވެއްސަކަށް ލިބިގެންވާ އަސާސީ އަދި އިޖުތިމާއީ ހައްގަކަށްވީ ހިނދު، އަދި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގުފަހިކޮށްދީ އާއިލާތަކަށް ރައްކާތެރިކަން ހޯދައިދިނުމަކީ ގާނޫނުއަސާސީން ދައުލަތަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ، ދިރިއުޅުމަށް ނުކުންނަ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަން މިގަރާރުގައިވެސް ފާހަގަ ކޮށްފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top