އޭދަފުށިން ގޯތި ދޫކުރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެފި!

DSCN3530-800x490-800x490-800x490-800x490-800x490-800x490.jpg

އޭދަފުށި ހިއްކު ބިމުން ބައެއް-- އީވީ ފައިލް ފޮޓޯ

އޭދަފުށީ ހިއްކިބިމުން ގޯތިދޫކުރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން  ނެރެފިއެވެ.

އޭދަފުށީ ކޯޓުން މި އަމުރު ނެރެފައިވަނީ އޭދަފުށީ ގުލިސްތާނުވިލާ، ހައްސާން ހަމީދު އޭދަފުށީ ކައުންސިލް އިދާރާއަށް ހުށަހެޅި ފޯމުގައިވާ ކަންކަމަށް ޕޮއިންޓް ދިނުމުގައި އިންސާފުން އޭނާއަށް ހައްގުވާ ޕޮއިންޓް ދީފައިނުވާތީ ކަމަށް ބުނެ ހައްސާން ހަމީދު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ބ. އަތޮޅު ޖުޑީޝަލް ދާއިރާއާ ހަވާލުވެ ހުންނެވި ދަރަވަންދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފް އިއްޔެ ނެރުއްވި އަމުރުގައި ބުނެފައިވަނީ އޭދަފުށީ ކައުންސިލު އިދާރާއިން މި މައްސަލައާ ގުޅިގެން ކުރަމުންދާ މަސައްކަތުން ހައްސާން ހަމީދަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީ، އަދި ބަދަލެއް ދޭން ޖެހިއްޖެ ހާލަތެއްގައި ހައްސާން ހަމީދަށް ލިބިދާނެ ގެއްލުން ތަކަށްޓަކައި މި މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭދަފުށިން ގޯތި ދޫކުރުން ވަގުތީގޮތުން ހުއްޓާލުމަށެވެ.

(ތަފްސީލް އަންނަނީ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top