މާލެ ނޫންގޮތެއް ހޯދަން މަޖްބޫރުވެއްޖެ: އެމްޕީ. އަލީ ހުސޭން

medium_95581.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން. --ފޮޓޯ :މަޖިލިސް އިދާރާ

މާލެ ނޫން ގޮތެއް ހޯދަން މަޖުބޫރުވެއްޖެ ކަމަށާއި މާލެއަށް ވުރެ ރަނގަޅު ގޮތެއް، މާލެ ނޫން ގޮތެއް ދިވެހިންނަށް ހައްގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭނު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ހިނގާދިޔާ އަލިފާނުގެ ބޮޑު ހާދިސާ އަށް އިޝާރާތް ކުރައްވައި އަލީ ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވީ 50 އަހަރުވަންދެން ހިންގަމުން މިއަންނަ މާލެއަށް ތޮއްޖެއްސުމުގެ ސިޔާސަތު ފޭލް ވެއްޖެ ކަމަށް ގަބޫލުކޮށް އަހަރެމެންގެ އުފަން ރަށްތަކަށް އަނބުރާ ދެވޭނެ ގޮތެއް ހަދަން މަޖްބޫރު ވެއްޖެ ކަމުގައެވެ.

ރޭ ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ މުޅި އެ ސަރަހައްދަށް ފެތުރުނު އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް 443 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިތީ (އެންޑީއެމްއޭ) އިންހާމަ ކޮށްފައިވާއިރު 13 އާއިލާއެއްގެ 87 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސާދީފައެވެ.

ރޭ އިރާކޮޅު ރޯވި އަލިފާން ގަނޑު ބޮޑަށް ފެތުރުނީ ކައިރިކައިރީގައި ހުރި 4 ކެމިކަލް ގުދަނުގައި ރޯވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top