ބ.ފުޅަދޫގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވައިފ

ބ.ފުޅަދޫގައި ހުޅުވުނު ބޭސްފިހާރަ

ބ.ފުޅަދޫގައި ހުޅުވުނު ބޭސްފިހާރަ

އެސްޓީއޯގެ ބޭސްފިހާރައެއް ބ.ފުޅަދޫގައި ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

މި ބޭސްފިހާރައަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދައިގެ ޚިދުމަތްލިބޭ ފާމަސީއެއް ގާއިމްކުރުމަށް ސަރުކާރާއި އެސްޓީއޯ ގުޅިގެން ހިންގާ ޕްރޮގްރާމްގެ ދަށުން ހުޅުވުނު 161ވަނަބޭސްފިހާރަކަމަށް އެސްޓީއޯއިން މައުލޫމާތު ދެއްވައެވެ.

ފުޅަދޫއަކީ ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގެ ތެރެއިން ވަރަށް ކުޑަ އަބާދީއެއް އޮތް ރަށެކެވެ. އެރަށުގެ ރައްޔިތުންގެ އަދަދަކީ 220އެވެ.

ފުޅަދޫގައި ހުޅުވުނު މިފިހާރައިން މިއަދުންފެށިގެން އާސަންދައިގެ ޚިދުމަތް ލިބެމުން ދާނެކަމުގައި އެސްޓީއޯއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top