ރައީސް ޔާމީން ކެންޑިޑެސީ ފޯމު ހުށަހަޅައިފި

370993_3_eb7e44443a75b50a09d22aed5f8aa340609509d7_large.jpg

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އީސީއަށް ފޯމު ހުށަހެޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެންެސީ ފޯމު މިއަދު ހުށަަހަޅުއްވައިފި އެވެ.

އިންތިޚާބާ ބެހޭ މަރުކަޒު ހިންގާ ދަރުބާރުގޭގައި ރައީސް ޔާމީންގެ ފޯމް، އެ ކޮމިޝަނާ ހަވާލުކޮށްދެއްވީ އިންތިހާބީ އެޖެންޓް، އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އަރިހުގައި ޔާމީންގެ ރަނިންމޭޓް، އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ލީޑާޝިޕްގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ތިއްބެވިއެވެ.

ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ފޯމު ހުށަހެޅި ނަމަވެސް އެ ފޯމު ބަލައިގަތުމާ މެދު ވަނީ ގާނޫނީ ބަހުސެއް އުފެދިފައެވެ. އީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކެންޑިޑެސީ ހުށަހެޅުމުން އެ ދުވަހުން ދުވަހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމޭތޯ އެ ކޮމިޝަނުން މަސައްކަތް ކުރާނެއެވެ.

ފޯމު ބަލައިގަތުމާ މެދު ގޮތެއް ނިންމަން، އެ ކޮމިޝަނަށް 48 ގަޑިއިރު ލިބޭނެއެވެ. އަދި، އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހިއްޖެ ހާލަތެއްގައި ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ފޯމާ ހަވާލުވުމަށް ފަހު މިއަދު ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޔާމީންގެ ފޯމް ބަލައިގަތުމާ މެދު އެކޮމިޝަންގެ ގާނޫނީ ވަކީލުން 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އެ ނިންމާގޮތަކާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދިއުމުގެ ފުރުސަތު އޮތްކަން ހަބީބު ފާހަގަ ކުރެއްވިއެވެ.

ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި އެހެން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަ ހަތް ދުވަސް ތެރޭ ނިންމަން ޖެހެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޖަމީލް ވިދާޅުވީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގެންފިނަމަ އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top