ޕީއެންސީން ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާ ފަށައިފި

sWmj99eohNxcdacFQoqV4SE1J9zT7rac8ANYCRky.webp

ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމް/ޕީއެންސީން މަޝްވަރާތައް ފަށައިފިއެވެ.

ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކުރިޔަސް ވަކި ގޮތެއް ނިންމަވާނީ އެމަނިކުފާނު ކަމަށް ލީޑަޝިޕުން ބުނެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕީއެންސީ އިން ވެސް ކެންޑިޑޭޓެއް ނެރެން ލީޑާޝިޕުން މަޝްވަރާ ކޮށްފައި ވަނީ ޔާމީން އަންގަވައިގެންނެވެ. އަދި ވަކި ކެންޑިޑޭޓަކު ނެރެން ވެސް އެ ޕާޓީން ލަފާ ދީފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

ނަމަވެސް ޕީޕީއެމް/ޕީއެންސީން އެ ވާހަކަތައް ދޮގު ކުރެ އެވެ. އެ ޕާޓީން ވަނީ ކެންޑިޑޭޓަކު ނިންމުމުގެ ބާރު ޔާމީނަށް ދޫކޮށްލައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެ ކޯލިޝަނުގެ ވިސްނުމަކީ ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމުގެ އިތުރަށް ޕީއެންސީން ކެންޑިޑޭޓަކާއި ރަނިން މޭޓު ކަނޑައަޅައި އެ ފޯމު ހުށަހެޅުން ކަމަށެވެ. އެގޮތަށް ނިންމީ ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު ބަލައިނުގެންފިނަމަ ޕީއެންސީގެ ކެނޑިޑޭޓާއި ރަނިން މޭޓާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ބޭނުމުގައެވެ.

އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށް ޕީއެންސީން ވަކިން ރިޔާސީ ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާ ފަށާފައިވާއިރު ކުރީގެ ރައީސް ނަޝީދުގެ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ވުމަށް ރައީސް ނަޝީދު ވަނީ ރޭ ޕީޕީއެމްއަށް ދައުވަތު ދެއްވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި