އޭދަފުށީ އަންހެނުން ކޮމެޓީން އިންތިޒާމްކޮށްގެން ބާއްވާ ދަރުސްތަކެއް

Project-20250313073903.jpg

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓިގެ ފަރާތުން މިއަދުއަސްރުގެ ފަހުންނާއި މާދަމާ އަދި މާދަމާރޭ އޭދަފުށިގައި ބާއްވަން ނިންމައިފި އެވެ.

މިދަރުސްތައް ދެއްވަނީ ރާއްޖޭގެ މަޝްހޫރު ދެ އިލްމުވެރިން ކަމުގައިވާ އައްޝައިޚް މުޖްތަބާ ހަމީދާއި އައްްޝައިޚް ޙާތިމް ޔޫސުފެވެ.

އަންހެނުން ކޮމެޓީން މައުލޫމާތު ދިން ގޮތުގައި ފުރަތަމަ ދަރުސް އޮންނާނީ މާދަމާ އަސްރު ނަމާދަށްފަހު މަސްޖިދު މުއީނުއްދީން (ބޮޑުމިސްކިތް) އަދި މަސްޖިދު ޔޫސުފް ގައެވެ. މައުޟޫއަކީ”ޖުވާ“ އެވެ. މަސްޖިދު މުޢީނުންދީން ގައި ދަރުސް ދެއްވާނީ އައްޝައިޚް މުޖުތަބާ ޙަމީދު އެވެ. މަސްޖިދު ޔޫސުފްގައި ޝައިޚް ޙާތިމް ޔޫސުފެވެ. މާދަމާރޭ އޭދަފުށީގެ ބޮޑުސްޓޭޖް ގައިވެސް މި ދެ އިލްމުވެރިން ދަރުސް ދެއްވާނެ އެވެ. މައުޟޫއަކީ ”ފަލަސްތީން“އެވެ. ދަރުސް ފަށާ ގަޑިއަކީ 9:30އެވެ.

މި ދަރުސް ބާއްވަނީ ”ވެލާސިޓީ“ގެ އެހީތެރިކަމާއެކު އެޖަމިއްޔާއާއި ގުޅިގެން ކަމަށް އަންހެނުން ކޮމެޓިީން ވިދާޅުވެއެވެ.

މި ދަރުސް ތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އަންހެނުން ކޮމެޓީން އެދިވަޑައިގަންނަވައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top