ތުޅާދޫ އައިސްޕްލާންޓުން އައިސް ދޫކުރަން ފަށައިފި

big_gLGxyLagDFUBUWZoxjh0AHlVE.jpg

ތުޅާދޫ އައިސް ޕްލާންޓް --ފޮޓޯ :ޕީއެސްއެމް

މިފްކޯ އިން ތުޅާދޫގައި ގާއިމްކޮށްދީފައިވާ އައިސްޕްލާންޓުން އައިސް ފޯރުކޮށްދޭން ފަށައިފިއެވެ.

ތުޅާދޫގައި އަޅާފައިވާ އައިސްޕްލާންޓަކީ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ބޭނުމުގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި އެޅުމަށް ހަމަޖެހިފައިވާ 7 އައިސް ޕްލާންޓްގެ ތެރޭގައި ހިމެނޭ 1 ޕްލާންޓެވެ.

2017 ވަނަ އަހަރު ފެށި މި ޕްރޮޖެކްޓް ނިންމައި އައިސް ދޫކުރަން ފަށާފައިވަނި މިދިޔަ ހުކުރު ދުވަހުއެވެ.

ސަރުކާރުގެ ބަޖެޓުން 2.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ މި ޕްލާންޓުން ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭއިރު ތުޅާދޫ ޕްލާންޓް ހުޅުވުމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސްޕްލާންޓެއް ހުޅުވިގެން ދިޔައީ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު،މި އައިސްޕްލާންޓާ ބެހޭ ގޮތުން ކުރިން ވިދާޅުވީ މި ޕްލާންޓުގެ ސަބަބުން ތުޅާދޫއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. ތުޅާދޫގެ ހުޅަނގު ކަނޑަކީ ގިނަ އަދަދެއްގެ މަސްދޯނި ފަހަރު ކަންނެލީގެ މަސްވެރިކަންކުރަން އަންނަ ސަރަހައްދަކަށް ވުމުން މި އައިސްޕްލާންޓުން އައިސް ފޯރުކޮށްދޭން ފެށުމުން ހަފްތާއަކު 25 އާއި 30 ދެމެދުގެ މަސްދޯނި އެރަށަށް އަންނާނެ ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތިން ސަރަޙައްދެއްގައި އައިސް ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިފްކޯއާ ހަވާލު ކުރީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top