ބ. އަތޮޅުގެ ސިއްހީ މަރުކަޒުތަކުގައި ބޮޑެތި މަރާމާތުތަކެއް ކުރަން އިޢްލާންކޮށްފި

61727464.jpg

ބ. އަތޮޅުގެ ގިނަ ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކާ، ހެލްތް ޕޯސްޓްތައް އަދި އަތޮޅު ހޮސްޕިޓަލްގައި ބޮޑެތި މަރާމާތުތަކެއް ކުރުމަށް ނިންމައި އެމަސައްކަތަށް އިޢްލާންކޮށްފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިމަސައްކަތުގެ ދަށުން މިވަގުތު ބ. އަތޮޅު ހޮސްޕިޓަލާ، ތުޅާދޫ ސިއްހީ މަރުކަޒު އަދި ކުޑަރިކިލުގެ އިތުރުން ކެންދޫ ސިއްހީ މަރުކަޒާ، އިތުރު ރަށްރަށުގެ މަރާމާތު މަސައްކަތްތައްވެސް ކުރެވޭނެ ކަމަށެވެ. ބ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނެވި ސ. ކޮމިއުނިޓި ހެލްތް އޮފިސަރ ސިދުގީ އަބްދުﷲ ވިދާޅުވީ މިއީ ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިޔަށްގެންދާ މިޕްރޮޖެކްޓެއްކަމަށާ، މިމަޝްރޫގެ ދަށުން ސިއްހީ އިދާރާތަކުގެ އިމާރާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނޭކަމަށެވެ.

“ވަރަށްބޮޑެތި ހަރަދުތަކަކާއެކު މިމަސައްކަތް ކުރިޔަށްދާނީ. އިމާރާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ. ހިދްމަތްތަކަށް އިތުރު ލުއިކަމެއް ގެނެވޭނެ މިބަދަލުތަކާއެކު.”

ބ. އަތޮޅުގެ ހެލްތް ދާއިރާތަކުގެ ބޮޑެތި މަރާމާތުތަކެއް ކުރުމަށް ތައްޔާރުވަމުންދާއިރު، ބ. އަތޮޅުގެ 5 ރަށެއްގައި މަރާމާތުކުރަންޖެހިފައިވާ އެމްބިއުލާންސްތައްވެސް މަރާމާތުކޮށްދޭނެބައެއް ހޯދުމަށް މިދިޔަ ހަފްތާގައި ވަނީ ހުޅުވާލާފައެވެ.

ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެހުންނެވި ޑިފެންސް މިނިސްޓަރ ނާޒިމް މިދިޔަ މަހު ވިދާޅުވެފައިވަނީ 2 މަހެއްހާދުވަހުގެ ތެރޭގައި ރަށްރަށަށް ބޭނުންވާ ޑޮކްޓަރުންވެސް ހަމަކޮށްދެއްވާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top