ހިތާދުއަށް އަތޮޅު ކައުންސިލުން 150 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފި

hitha.jpg

ބ. ހިތާދޫ އިންޖީނުގޭގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން 150 ކިލޯވޮޓު ޖަނަރޭޓަރެއް ބ. އަތޮޅު ކައުންސިލުން އެރަށަށް ގެންގޮސްފިއެވެ

ބ. ހިތާދޫ ކައުންސިލުން ބުނީ ޔުނި އިންޖިނިއަރިންއާ ހަވާލުކޮށްގެން ގެނައި މިޖަނަރޭޓަރު މިދިޔަ ހަފްތާތެރޭގައި އެރަށަށް ގެންގޮސް އިންޖީނުގެއާ ހަވާލުކޮށްފައިވާކަމަށެވެ. ބ. އަތޮޅު ކައުންސިލުން ކުރިން ބުނެފައިވަނީ މިއީ ހިތާދޫ ރައްޔިތުންގެ އިންޖީނުގެ ތަރައްޤީކުރުމަށް 2008ވަނަ އަހަރު ސަރުކާރުން ދެއްވި 5 ލައްކަ ރުފިޔާ ހަރަދުކޮށްގެން ގެނައި އިންޖީނެއްކަމަށެވެ.

2000 ވަނައަހަރު ރައްޔިތުންގެ ނަމުގައި ހިންގަންފެށި ހިތާދޫ އިންޖީނުގެ 2009ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް ބަދަލުވިނަމަވެސް އެރަށުގެ ކަރަންޓްގެ ހާލަތު މިވަގުތު އޮތީ ވަރަށް ދަށުގައިކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެއިދާރާއިން ބުނީ މިހާރު ބޭނުންކުރާ 100 ކިލޯވޮޓްގެ 2 ޖަނަރޭޓަރަށް ބޮޑެތި މައްސަލަތައް ދިމާވެ، ރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުން އަންނަކަމަށެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނީ ހިތާދުއަށް ގެނެވުނު ޖަނަރޭޓަރު ވަރަށް އަވަހަށް އިންސްޓޯލްކޮށް ހިދްމަތްދޭން ފަށާނެކަމަށެވެ.
ބ. އަތޮޅުގައި ފެނަކައިން ހިންގާ އިންޖީނުގެ ތަކުގެތެރެއިން ކުޑަރިކިލު، ކަމަދޫ، އަދި ފުޅަދުއާ ފެހެންދޫގައި މިއަހަރު އެކުންފުނިން އާއިންޖީނުތަކެއް ބެހެއްޓިއިރު، އޭދަފުއްޓަށް ރަށުކައުންސިލުން މިދިޔަ ޖުލައިމަހުވަނީ 400 ކިލޯވޮޓްގެ ސެކަންޑްހޭންޑް ޖަނަރޭޓަރެއް ހަދިޔާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top