ޚާއްސަ ޕްރޮމޯޝަނަކާއެކު ރެޑްވޭވްގެ އަހަރީ ބާޒާރު ފަށައިފި.

REDWAVE-Mart-876x584.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ މަސްލަހަތު އޮންނަ ރެޑްވޭވް ކުންފުނީގެ ފިހާރަ ތަކުން ‘ރެޑްވޭވް އަހަރީ ބާޒާރު’ ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން 15 ޖެނުއަރީ 2020 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން، މާލެއާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައަކުންވެސް ކުރިިއަށް ގެންދާނެއެވެ.

މި ޕްރޮމޮޝަންގައި ރެޑްވޭވްގެ ފިހާރަތަކުން ވިއްކާ ކަނޑައެޅިފައިވާ އައިޓަމް ތަކަކުން ބޮޑެތި ޑިސްކައުންޓް ތަކެއް ލިބުމުގެ އިތުރުން ފައިސާގެ އިނާމުވެސް ކަނޑައަޅާފައިވެ އެވެ. އަދި ތަކެތީގެ އިނާމުތަކެއްވެސް ލިބިގެންދާނެއެވެ.

ރެޑްވޭވް އަހަރީ ބާޒާރުގައި ރެޑްވޭވުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެން ދާއިރު ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ލިބޭނެއެވެ. އިތުރު 10 ފަރާތަކަށް 10 އިނާމު، ރެޑްވޭވް އިން ވިއްކާ ފަރުނީޗަރާއި އިލެކްޓްރޯނިކް އެޕްލައިންސް ވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައިވެސް ބޮޑެތި އިނާމްތަކެއް ލިބިގެންދާ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެ ކަމަށް ރެޑްވޭވުން މައުލޫމާތު ދެއެެވ.

މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް އެފް އެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ރެޑްވޭވް ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް އެ ކުންފުނިން ހާމަ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top