ސޯނަމް ކަޕޫރު ސޮނެވާގައި

b_FafCXyh1EBd7ky3X7M4iLoGon.jpg

ސޯނަމް ، އިންސްޓަގްރާމަށް ލާފާވައިވާ ފޮޓޯ

މަޝްހޫރު ފިލްމީ ތަރި ސޯނަމް ކަޕޫރު، ފިރިމީހާ އާނަންދް އަހޫޖާ އާއެކު ސޮނެވާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ. ސޯނަމް އާއެކު ދައްތަ ރިއާ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލާނީ ވެސް މި ދަތުރުގައި ބައިވެރިވެ އެވެ. މި އާއިލާ ސޮނެވާއަށް އައިސްފައިވަނި އިއްޔެގެ ވަގުތެއްގަ އެވެ.

ސޯނަމްގެ އިންސްޓަގްރާމުގައި އޭނާ އަންނަނީ ރާއްޖޭގައި ހޭދަކުރަމުން ދާ ޗުއްޓީ ދަތުރުގެ އަޕްޑޭޓްސްތައް ފޭނުންނާ ހިއްސާ ކުރަމުންނެވެ. އެގޮތުން އެންމެން އެކުގައި ސީޕްލޭން ގައި ނަގާފައިވާ ސެލްފީއެއްވެސް އިންސްޓާ ސްޓޯރީގައި ހިއްސާކޮށްފައިވެއެވެ.

ސޯނަމް ޗުއްޓީ ހޭދަކުރަމުން ދަނީ ސޮނެވާގެ ޕްރައިވެޓް ވިލާ އެއްގައެވެ. މި ވިލާގައި ޕްރައިވެޓް ޕޫލަކާއި ވޯޓާ ސްލައިޑްއާ މަތީ ޑެކަކާ އެކު ޕްރައިވެޓް ބީޗެއްވެސް އޮވެއެވެ.

ސޯނަމްގެ އާއިލާ ވަނީ މީގެ ކުރިންވެސް ޗުއްޓީއަށް އެތައް ފަހަރަކު ރާއްޖެ އައިސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top