ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި މާޗް 15 ކަނޑައަޅައިފި

Shahid-in-UNGA.jpg

އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ ގޮތުގައި (އިންޓަނޭޝަނަލް ޑޭ ޓު ކޮމްބެޓް އިސްލާމޮފޯބިއާ) ކޮންމެ އަހަރެއްގެ މާޗް މަހުގެ 15 ދުވަސް ފާހަގަކުރުމަށް އދ ގެ އާއްމު މަޖިލީހުން މިއަދު ކަނޑައަޅައިފިއެވެ.

އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ)ގެ ގައުމުތަކުން ހުށަހެޅި މި ގަރާރު ފާސްކުރުމަށް، ގަރާރުގައި ހިމެނޭ ކަންކަމުގައި ގައުމުތަކުން އެއްބަސްވުމަކަށް ގެނައުމަށް، އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މުހިއްމު ދައުރެއް އަދާކުރެއްވިކަމަށް މައުލޫމާތު ލިބެއެވެ.

އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ މަގްސަދުތަކުގެ ތެރޭގައި، އިސްލާމް ދީން ހިމެނޭހެން އެކި ދީންތަކަށް ނިސްބަތްވީތީ ކުރިމަތިވާ ތަފާތުކުރުންތަކާ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި އަޅުކަންކުރާ ތަންތަނަށް އެކި ގޮތްގޮތުން ދެވޭ ހަމަލާތައް ކުށްވެރިކުރުންވެސް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top