މަޖިލީހުގެ ކުރީގެ މެންބަރުންގެ އާއިލާތަކަށް ހެލްތް އިންޝުއަރެންސް ނުދޭން ނިންމައިފި

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ އާއިލާތަކަށް ހެލްތް އިންޝުއަރެންސް ނުދޭން މަޖިލީހުން މިއަދު ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކުރީގެ މެންބަރުންގެ އަނބިމީހާއާއި ފިރިމީހާގެ އިތުރުން އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް އެ މެންބަރުން އަމިއްލައަށް ޕްރިމިއަމް ދައްކައިގެން ހެލްތު އިންޝުއަރެންސް ސްކީމުގައި ބައިވެރިކޮށްދިނުމަށް އެދިއެވެ.

މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކުރީގެ ބައެއް މެންބަރުންގެ އާއިލާތަކަށް ހެލްތް އިންޝުއަރެންސް ހަމަޖައްސައިދޭން ނުފެންނަކަމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ.

މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ ކުރީގެ މެމްބަރުންގެ އާއިލާތަކަށް ހެލްތް އިންޝުއަރެންސް ހަމަޖައްސައި ދިނުމާ ދެކޮޅު ހައްދަވާފައެވެ.

މިއަދު ޖަލްސާގައި އެފަދަ ސްކީމެއް ހަމަޖެއްސުމާއި ދެކޮޅަށް 26 މެންބަރުން ވޯޓު ދެއްވިއިރު، އިންޝުއަރެންސް ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top