މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތަށް މިފްކޯ ،ޕަބްލިކް ކުންފުންޏަކަށް

b_jKvmOgnHmtXpLChYqPSWE76zP.jpeg

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވާހަކަދައްކަވަނީ -- ވަން ފޮޓޯ: މުހައްމަދު ހައްޔާން

މަސްވެިނގެ ބައިވެރިވުން އޮންނަ ގޮތަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ، ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރާނެ ކަމަށް މިފްކޯ ހިންގުމާ ހަވާލުވެ ހުންނެވި އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 އިންސައްތަ ހިއްސާ އޮންނަ މިފްކޯގެ ކުރިމަގާބެހޭ ގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޭ ފައުޒީ ވިދާޅުވީ، އަމާޒަކީ މިފްކޯ ތަރައްގީކޮށް އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނާއި ސައުދީ ފަންޑުގެ އެހީގައި މިފްކޯއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އަންނަ އަހަރު ނިމޭއިރު މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ޒުވާން މަސްވެރިން ބޭނުންވާ ފަދަ ކުންފުންޏަކަށް ހެދޭނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ، މިފްކޯއިން މިހާރު އެންމެ ހާއްސަ އިސްކަމެއްދެނީ ވަސީލަތްތައް ތަރައްގީކުރުމަށް ކަމަށާއި އެއަށްފަހު އެ ކުންފުންޏަކީ އާންމުންގެ ހިއްސާ އޮންނަ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރައްވާނެ ކަމަށެވެ.

“މިފްކޯއަކީ ޕަބްލިކް ކުންފުންޏަކަށް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި މަސްވެރިންގެ ބައިވެރިވުން އޮންނާނެ ގޮތައް އާންމުންގެ ހިއްސާވެސް އޮންނަ ގޮތަށް މިކުންފުނި ތަރައްގީކުރެވޭނެ. މިފްކޯއާ އެކުގައި އޭރުގައި އުފެދުނު ކުންފުނިތައް މިހާރު ޕަބްލިކް ކުންފުނިތަކަށް ބަދަލުވެއްޖެ،” ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މަސްވެރިންގެ ގޮންޖެހުންތައް މި ސަރުކާރުން ހައްލުކޮށްދޭނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ އަހަރު ކުރި މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ބޭނުންވާ ފައިނޭންސް ހޯދުން ކަމަށާއި ދެން އޮތީ އަމަލީ މަސައްކަތްތައް ފެށުން ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top