ރާއްޖެތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1،500 އަށް ވުރެ ގިނަ ދަރިވަރުން

big_xGK2DSJXXhXOL3LHd1A2SNpnt.jpeg

ދިރާސީ އާ އަހަރު ، ރާއްޖެ ތެރެއިން މާލެ ސަރަހައްދުގެ ސްކޫލަތަކަށް 15،000 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށް ތައުލީމީ ވުޒާރާއިން ބުނެފި އެވެ.

ރާއްޖެތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1،530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވާއިރު މާލެ އިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވެފައިވާ ކަމަށް ތައުލީމީ ވުޒާރާއިން ބުނެ އެވެ. ވެ.

ރާއްޖެޔތެރޭގެ ރަށްރަށުން ގްރޭޑް 1 އަށް 3،042 ދަރިވަރުން ވަނުމަށް އެދިފައިވާއިރު މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަނުމަށް 1،748 ދަރިވަރުން އެދިފައިވެ އެވެ.

ތައްުލީޯމީ ވުޒާރާއިން ން ބުނި ގޮތުގައި މިއަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑު 1 އަށް ވަނުމަށް އެދި އިއްޔެގެ ނިޔަލަށް 4،790 ދަރިވަރުން އެދިފައިވާ ކަމަށެވެ.

އަތޮޅުތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުވާ ދަރިވަރުން އަހަރުން އަހަރަށް އިތުރުވަމުންދާ އިރު، ހުޅުމާލޭގެ ފޭސް ދޭއްގައި މި ދިރާސީ އާ އަހަރަށް އާ ސްކޫލެއް ވެސް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުނ ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް އެދި މިހާތަނަށް 1،900 އެއްހާ ދަރިވަރުން ހުށައަޅާފައިވެ އެވެ.

ދިރާސީ އާ އަހަރު ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top